މާވެލްގެ "ތޯ" ގައި ސުޕަހީރޯގެ ރޯލު ކުޅެގެން އާއްމުންގެ މެދުގައި މަޝްހޫރުކަން ހޯދި ހޮލީވުޑްގެ ތަރި ކްރިސްހެމްސް ވޮތްގެ އެންމެ ފަހުގެ ފިލްމް އެކްސްޓްރެކްޝަން ނެޓްފިލްކްސްއަށް އައިސްފިއެވެ. މި ފިލްމަކީ ނެޓްފްލިކްސްގެ އޮރިޖިނަލް ފިލްމެކެވެ.
މި ފިލްމު މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ނެޓްފްލިކްސް އަށް ލާފައިވާއިރު، ބެލުންތެރިންގެ ފަރާތުން މި ފިލްމަށް ވަރަށް ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.
ފިލްމްގެ ބޮޑު ބައެއް އިންޑިއާގައި މަންޒަރުތައް ނަގާފައިވާ މި ފިލްމްގައި ބޮލީވުޑެގް ތަރިންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކްރިސް އާއިއެކު މި ފިލްމްގައި ބޮލިވުޑްގެ ތަރި ރަންދީޕް ހޫދާވެސް މުހިއްމު ރޯލެއް ކުޅެފައިވެއެވެ.. އެއާއެކު މި ފިލްމް ވެގެންދާނީ ރަންދީޕްގެ ފުރަތަމަ ހޮލީވުޑް ފިލްމަށެވެ.
"އެކްސްޓްރެކްޝަން" ގައި ދައްކުވައިދޭނީ ޖަލުގައި ބަންދުކޮށްފައިވާ ބޮޑު ކުށްވެރިއެއްގެ ފިރިހެން ދަރިފުޅު ކިޑްނެޕްކުރުމުން އޭނާ ސަލާމަތްކުރަން ހަވާލުވާ މީހަކު ނުރައްކާތެރި އަންޑަވޯލްޑްގެ ބަޔަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދާ ގޮތެވެ.
މި ފިލްމަށް ކްރިޓިކްސް ގެ ގިނަ ފަރާތްތަކެއްގެ ފަރާތުންވެސް ގިނަ ޕޮސިޓިވް ކޮމެންޓްސް ލިބިފައިވާއިރު، ގިނަ ބެލުންތެރިންވެސް ފިލްމް ވަނީ ކަމުގޮސްފައެވެ.
މި ފިލްމްގައި ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭއިރު، ފިލްމްގެ ފިލްމުގެ ސްޓޯރީލައިން ލިޔެފައިވަނީ ޖޯއެ ރަސޯ އެވެ.
"އެވެންޖާޒް" ގެ ފިލްމުތަކުގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުޒޯ ޕްރޮޑިއުސްކޮށްފައިވާ މި އެކްޝަން ތުރިލާގެ ކާސްޓުންގެ ތެރޭގައި ޑޭވިޑް ހާބާ އާއި ޑެރެކް ލޫކާއި ފޭ މަސްޓަސަންގެ އިތުރުން މާކް ޑޮނާޓޯ ވެސް ހިމެނެ އެވެ.
ހިޔާލު
Bodu Bai India eh ga noon ingeythw Bangladesh ga shoot kohfa