މެސީ އަދި ރޮނާލްޑޯ - ފޮޓޯ: ގޯލް.ކޮމް

މެސީ އާ ރޮނާލްޑޯ އާ އަޅާނުކިޔޭނެ : ބަލޮޓެލީ

މެސީ އާ ކްރިސްޓިއާނޯ ރޮނާލްޑޯ އާ އަޅާ ނުކިޔޭނެކަމަށާއި އެކަން ހުއްޓާލަންއެދި އިޓަލީގެ މާރިއޯ ބަލޮޓެލީ ޓްވީޓެއްކޮށްފިއެވެ.

ބާސާގެ ކޭމްޕްނޯގައި ކުޅެވުނު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުން 3-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ބާސާމިވަނީ ފައިނަލާ ވަރަށް ކައިރިއަށް ޖެހިލާފައެވެ.

އަލްބާގެ ހުރަހަކުން ސުއަރޭޒް ޖަހައިދިން ލަނޑަކީ އެމެޗުގެ ފުރަތަމަ ލަނޑެވެ. އަދި ދެވަނަ ހާފުގައި ސުއަރޭޒްގެ ހަމަލާއެއްވަނީ ގޯލް ދަނޑިއާއި ދިމާވެފައެވެ. ގޯލް ދަނޑީގައި ޖެހިފައި ނިކުތް މިބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ހުސް ގޯލަށް ފޮނުވައިލައިގެން ބާސާއިން އެމެޗުގައި ޖެހި ދެވަނަ ލަނޑުޖަހައިދިނީ މެސީއެވެ.

އަދި އުމުރުން 31 އަހަރުގެ ލިއޮނަލް މެސީ މެޗުގައި ޖަހައިދިން ލަނޑަކީ މެޗުގައި ފެނިގެންދިޔަ ވަރަށް ހިތްގައިމު ލަނޑެކެވެ. ލިބުނު ހިލޭ ޖެހުމަކުން މިލަނޑު ކާމިޔާބުކޮށްދިނީ 25 ޔާޑަށްވުރެވެސް ދުރުންނެވެ. ގާތްގަނޑަކަށް 35 ޔާޑު އެދުރުމިނުގައި ހުންނާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިލޭ ޖެހުމުން މެސީ ކާމިޔާބުކޮށްދިން މިލަނޑަކީ ކްލަބް ކެރިއަރުގައި އޭނާ ޖެހި 600 ވަނަ ލަނޑެވެ. 600 ހަމަކޮށް ޕެލޭ އަދި ރޮނާލްޑޯއާއެކު މިލިސްޓަށް މެސީ އަރާފައިމިވަނީ  ސީނިއާ ލެވެލްއަށް ކުޅެންފެށިތާ 14 އަހަރަށްފަހުންނެވެ.

ކްލަބް ލެވެލްގައި މެސީ ޖަހައިދިން 600 ވަނަ ލަނޑަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: މައިޖޯއީއޮންލައިން.ކޮމް

ވާދަވަވެރި ރޮނާލްޑޯވެސް އޭނާ ކެރިއަރުގައި ކްލަބަށް ޖަހައިދިން 600 ވަނަ ލަނޑުވަނީ ހަމަކޮށްފައެވެ. ހަފްތާ ބަންދުގައި އިންޓަކޮޅަށް ޖެހި ލަނޑާއެކު ރޮނާލްޑޯ މިއަދަދު ހަމަކުރިއިރު މެސީ ރޮނާލްޑޯއާއި އަރާހަމަކޮށްފައިވަނީ ރޮނާލްޑޯއަށްވުރެ 100 އަށްވުރެގިނަ މެޗު މަދުން ކުޅެގެންނެވެ.

މެސީގެ މިލަނޑަށްފަހު އެތަށް ފުޓުބޯޅަ ކުޅުންތެރިނެއް މެސީއަށާއި މެސީގެ މިލަނޑަށްދަނީ ތަޢުރީފުކުރަމުންނެވެ. އެގޮތުން އިޓަލީގެ ޤައުމީޓީމަށް ކުޅެދިން ބަލޮޓެލީ ކޮށްފައިވާ ޓްވީޓެއްގައި މެސީއާއި ޖުވެންޓަސްގެ 7 ނަންބަރަށް ކުޅޭ ރޮނާލްޑޯއާއި އަޅާކިއުން ހުއްޓާލަން ޖެހޭކަމަށާއި ރޮނާލްޑޯއަށްވުރެ މެސީ މާމޮޅުކަމަށް ދޭހަވާގޮތަށް ލިޔެފައިވެއެވެ.

ބަލޮޓެލީ ކޮށްފައިވާ ޓްވީޓް - ފޮޓޯ: ޓްވިޓާ
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ