ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނާއިންސާފުން ރައީސް ޔާމީނާއި ދޭތެރޭ ކަންތައް ތިކުރައްވާ ގޮތަށް، ޕީޕީއެމް، ޕީއެންސީ ވެރިކަމެއްގައި، އެންމެ ފުރަތަމަ އެގޮތަށް ކަންތައް ކުރައްވާނީ މިނިސްޓަރ އިމްރާން އާއި ދޭތެރޭ ކަމަށް ވިދާޅުވެ ސުޖާ ވަނީ މިނިސްޓަރ އިމްރާން އަށް އިންޒާރު ދެއްވާފައެވެ.
ސުޖާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އެދުވަހަކުން އެބޭފުޅާއާއި ނުގުޅުއްވުމަށާއި ފޯނުވެސް ނުނަންގަވާނެ ކަމަށެވެ. "އަޅުގަނޑާ ބައްދަލެއްވެސް ނުވާނެ" ސުޖާގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
Home Minister @ShimranAb.Naainsaafun Raees Yameen aa dheytherey Manikfaanu Kanthah Thikurahvvaa Goiy Alhugandumenge Verikamehggai Emme furathama Bahdhalu Kuraanee Manikfaanaakan Yageen.Edhuvahakun Alhugandah Nugulhuvvaathi.Phoneh Nunagaanan.Alhugandaa Bahdhaleh ves Nuvaane.
— Ibrahim Shujau? (@shuja3831) April 27, 2020
އިދިކޮޅު ފަރާތްތަކުން ތަކުރާރު ގެންދަވަނީ ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދެއްވުމަށް އެދިލައްވަމުން ނެވެ. އެކި ފަހަރު މަތިން ޕީޕީއެމް، ޕީއެންސީ އިން ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދެއްވުމަށް ގޮވާލާ ބަޔާންތައް ނެރުއްވާފައެވެ. އިދިކޮޅުން ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދެއްވުމަށް އެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަށާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށްވެސް ދާދިފަހުން ސިޓީ ފުޅެއް ފޮނުއްވާފައެވެ.
އަނިޔާވެރިކަމަށް ފުރުޞަތު ނުދެއްވާ އިހުސާންތެރިކަން އިސްކުރެއްވުމާއެކު، ރައީސް ޔާމީންގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އެސިޓިގައި އިދިކޮޅުންވަނީ އެދިފައެވެ.
ާމާފުށި މޮނިޓަރިންގެ ހާލަތަށް ގެނައްސައިވާއިރު ރައީސް ޔާމީން މިވަގުތު ހުންނެވީ މާފުށީ ޖަލުގައެވެ.




