މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވާ ކެނދިކޮޅުދޫއަށް އެރި 2 މީހަކު ހައްޔަރުކޮށްފި

މޮނިޓަރިންގެ ހާލަތަށް ގެނައްސައިވާ ނ. ކެނދިކޮޅުދޫއަށް އެރި 2 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ރޭ ދަނވަރު 12:53 އެހާއިރު ނ. މާޅެންދޫ އިން 2 މީހަކު، މާޅެންދޫ ޓާސްކް ފޯސް އަށް ނޭނގި އަދި ދޯނީގެ ވެރިފަރާތުގެ ހުއްދައަކާއި ނުލައި ކުޑަ ދޯންޏެއްގައި މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވާ ނ. ކެނދިކޮޅުދޫ އަށް ދިޔުމަށްފަހު އެނބުރި މާޅެންދޫ އަށް ދިއުމުން ފުލުހުން އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސައި ވާކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށް އެއްރަށުން އަނެއް ރަށަށް ދަތުރު ފަތުރު ކުރުން މަނާކޮށްފައިވާއިރު މި އަމުރާ ހިލާފަށް ރަށްރަށައް އަރާ މީހުން ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ.

މިމައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަޙްގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ