މިކްސަރެއް ތެރޭގައި ނ.މާޅެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ވިދާޅުވީ، މާޅެންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2020 އޭޕްރީލް 26 ވަނަ ދުވަހުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށުން މަސްތުވާތަކެތި ހޯދާފައިވާކަމަށެވެ.
"މަސްތުވާތަކެތި ފެނިފައިވަނީ، ނ. އަތޮޅުގެ ބައެއް ރަށްތަކަށް މުދާ އުފުލާ ދޯންޏަކުން ނ. މާޅެންދޫއަށް ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރި އިރު އެ ފޮށިގަނޑު ތެރޭގައިހުރި މިކްސަރެއްގެ ތެރެއިން." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




