ލޮކްޑައުންއާއެކު އެންމެން އަނެއްކާވެސް ޕަބްޖީއަށް!

އެންމެ ފުރަތަމަ "ޕަބްޖީ" ގޭމްގެ މޯބައިލް ވާޝަން ތަޢާރަފްވުމާއެކު މި ގޭމް ވެގެންގޮސްފައިވަނީ ދުނިޔޭގެ ޒުވާނުންގެ މެދުގައި އެންމެ ފޯރިއާއެކު ކުޅެވިގެންދިޔަ މޯބައިލް ގޭމްއަށެވެ. ހަމައެއާއެކު ގިނަ ދުވަސްތަކެއް ވަންދެންވެސް ޕަބްޖީގެ ފޯރި އަށް މަޑުޖެހުމެއްއައިސްފައި ނުވީނަމަވެސް ފަހަކަށް އައިސް މި ގޭމްގެ ފޯރި އޮތީ ކުޑަކޮށް މަޑުވެފައެވެ. އެހެންނަމަވެސް މިހާރު މުޅިދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބިރުވެރިކަމާއެކު، ގިނަ ބަޔަކު ލޮކްޑައުންގައި ހުންނަން މަޖުބޫރުވެ އަނެއްކާވެސް މި ގޭމްގެ ފޯރި ވަރަށް ބޮޑަށް ގަދަވެއްޖެއެވެ.

ގިނަ ދިވެހިން ޒުވާނުންވެސް މިވަގުތު ލޮކްޑައުންގެ މި ދަނޑިވަޅުގައި ގޭގައި ތިބެ ކުރާ ކަމަކީ މިއީއެވެ. އަލުން އަނެއްކާވެސް ދިވެހިންގެތެރޭގައި ޕަބްޖީގެ ފޯރި ގަދަވީއެވެ. ސަބަބަކީ، ދުރުގައި ތިބި ރައްޓެހިންނާއިއެކު ވަގުތު ހޭދަކޮށްލާ މަޖާކޮށްލުމުގެ ބޭނުމުގައެވެ. ގޭމްގެ ތެރެއިން ރައްޓެހިންނާއި ވާހަކަ ދައްކާލާ ފޫހި ފިލުވާލުމުގެ ބޭނުމުގައެވެ. މީގެ ކުރިން ޕަބްޖީ ގޭމް ކުޅެން ފަށާ، ހުއްޓާލި މީހުންގެ ހާލަތަކީވެސް މިއަދު މިއީއެވެ. ގޭގައި ތިބެންޖެހުމުން ފޫހިފިލުވާލުމުގެ ބޭނުމުގައި އަލުން ޕަބްޖީ ކުޅެން ފެށުނީއެވެ.

އެހެންނަމަވެސް ވިސްނަންވީ ކަމަކީ ތިމާ އެޔަށް ދެވިހިފާ މިންވަރަށް ޕަބްޖީ އަދި އިތުރު އެއްވެސް އެހެން ގޭމްއަކާއި މާބޮޑަށް ގާތްނުވުމެވެ. ސަބަބަކީ، މިފަދަ ގޭމްތަކަކީ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅޭ ކަމަކަށް ވާތީއެވެ. ހާއްސަކޮށް މި ބަރަކާތްތެރި ރަމަޝާން މަހުގެ ގިނަ ވަގުތުތައް ގޭމް ކުޅުމުގައި ހޭދަކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

ޕަބްޖީ އަކީ، ކުޅެން ފެށުމަށްފަހު ގިނަ ބަޔަކު އެޔަށް ދެވި ހިފާ ގޭމްއެކެވެ. އެހެންނަމަވެސް އަބަދު މި ގޭމް ކުޅުމުގެ ބަދަލުގައި ވަރަށް މަދު މިންވަރަކަށް ގޭމް ކުޅުމުގައި ހޭދަކުރެވިދާނެއެވެ. އެހެންނަމަވެސް އެއީ ދީނީ ވާޖިބްތަކާއި އަމިއްލަ ދިރުއުޅުމުގެ ކަންކަން ކުރުމަށްފަހުއެވެ. އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ މިފަދަ ގޭމް ތަކުގެ ސަބަބުން ތިމާގެ އިމާންތެރިކަން ކުޑަވިޔަ ނުދިނުމެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ