އިންފެކްޓްވެގެން އެކްޓަރު އިރުފާން ޙާން އައި.ސީ.ޔޫގައި އެޑްމިޓްކޮށްފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރްފާން ޙާން އައި.ސީ.ޔޫ ގައި އެޑްމިޓްކޮށްފައިވާކަމަށް އިންޑިއާގެ ޙަބަރުތަކުން ރިޕޯޓުކޮށްފިއެވެ. ރިޕޯޓުތައް ބުނާގޮތުން އިރުފާން އައި.ސީ.ޔޫ ގައި އެޑްމިޓްކޮށްފައިވަނީ، ކޮލޯން އިންފެކްޝަން އެއް އުފެދިގެންނެވެ.

އިރުފާންގެ ސްޕޯކްސްޕާސަން ވެސް މި ޙަބަރު މީޑިއާތަކަށް ޔަޤީންކޮށްދީފައިވާއިރު، އޭނާ ބުނީ އިރުފާންގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އިރުފާން އަކީ، 2018 ވަނަ އަހަރު ޓިއުމާއަކަށްވެސް ފަރުވާކޮށްފައިވާ ފަރާތެކެވެ. ދާދިފަހަަކުން އޭނަގެ މަންމަ މަރުވެފައިވާއިރު، މަންމަގެ ޖަނާޒާއަށް އޭނާ ހާޒިރުވެފައިވަނީ، ވީޑިއޯ ކޯލް މެދިވެރިކޮށެވެ.

އިރުފާން އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމަކީ، ހިންދީ ފިލްމް "އަންގްރޭޒީ މީޑިއަމް" އެވެ. މި ފިލްމް ރިލީޒްކުރުމާއެކު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދާފައެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ އައުޓްބްރޭކާއެކު، ފިލްމް ފަހުން ވަނީ ސިނަމާއިން ނަގާފައެވެ. މިއީ ކޮވިޑް-19 ގެ ކުރިން ރިލީޒްކުރި ބޮލީވުޑްގެ އެންމެ ފަހުގެ ފިލްމެވެ.

އިރުފާންއަކީ، ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމްތައްވެސް ކުޅެފައިވާ އެކްޓަރެކެވެ. އެގޮތުން އޭނާ ކުޅެފައިވާ ހޮލީވުޑްގެ ފިލްމްތަކުގެ ތެރޭގައި، "ލައިފް އޮފް ޕައި" އަދި "ސްލަމް ޑޯގް މިލިއަނަރ" ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ