މާލެ ސިޓީއަށް ވުރެން 2 ގުނަ ބޮޑު ގިނި ހިލައެއް މިއަދު ދުނިޔެ ހުރަސް ކުރަނީ

ހުރިހާ ދިރުމެއް ނައްލާ ބޮޑު ކާރިސާ ތަކެއް ދުނިޔެ އަށް ކުރިމަތި ކުރުވަފާނެ ފަދަ ގިނި ހިލައެއް މިއަދު ދުނިޔެ ހުރަސް ކުރާނެ ކަމަށް ނާސާގެ ނިއާ އާތް އޮބްޖެކްޓް އޮބްޒަރވޭޝަން ސެންޓަރ އިން ބުނެފިއެވެ.

ބޮޑު މިނުގައި 4 ކިލޯމީޓަރު ހުރި OR2 1998 ގެ ނަމުން ނަންދީފައިވާ މިގިނި ހިލަ ދުނިޔެ އާއި 3.9 މިލިއަން މޭލު ދުރުން ގަޑިއަކު 19,000 މޭލު ބާރުމިނުގައި ހުރަސް ކުރާ އިރު މި ގިނިހިލަ ދުނިޔޭގައި ޖެހި މުޑި އަރާނެ ކަމުގެ އެއްވެސް ޗާންސް އެއް ނެތް ކަމަށް ސައިންވެރިން ބުނެއެވެ. ނަމަވެސް ދުނިޔެ އަށް ގިނި ހިލަ ވެއްޓިއްޖެ ނަމަ ހީވެސް ނުކުރާ ވަރުގެ ބޮޑެތި ކާރިސާތަކެއް ކުރިމަތިވާނެ ކަމަށް ވެސް ނާސާގެ ސައިންވެރިން އިންޒާރު ދެއެވެ.

މި ގިނި ހިލަ ދުނިޔެ ހުރަސް ކުރާނީ ރާއްޖެ ގަޑިން މިއަދު މެންދުރު 2:30 ގައި.

" ފޭސް މާސްކް އެސްޓިރޮއިޑް" ގެ ނަމުން ވެސް ނަންދެވުނު މި ގިނި ހިލައަކީ ސައިންވެރިން ވަރަށް މުހިންމު ކަމެއް ދީގެން މޮނިޓަރ ކުރަމުންދާ ގިނި ހިލައެކެވެ. ސަބަބަކީ މިއަދު މި ގިނި ހިލަ ރައްކާތެރިކަމާއެކު ދުނިޔެ ހުރަސް ކޮށްފި ނަމަ 2079 ވަނަ އަހަރު މިއަދު ދަތުރު ކުރާ ދުރުމިނަށް ވުރެން ދުނިޔެ އާއި 3.5 ގުނަ ކައިރިން މި ގިނި ހިލަ ދެން ދަތުރު ކުރާނެތީ އެވެ.

ނާސާ އިން މި ގިނި ހިލަ މޮނިޓަރ ކުރަމުރަމުންދާތާ މިހާރު 20 އަހަރު ވެއްޖެއެވެ. 500 ފޫޓަށް ވުރެން ބޮޑު އަދި ދުނިޔެ އާއި 5 މިލިއަން މޭލު ކައިރިން ދަތުރު ކުރާ ގިނި ހިލަ އަކީ ހަޒާޑަސް ނުވަތަ ނުރައްކާ ބޮޑު ގިނި ހިލަތަކެއްގެ ގޮތުގައި ނާސާގެ ނިއާ އާތް އޮބްޖެކްޓް އޮބްޒަރވޭޝަން ސެންޓަރ އިން ވަނީ ލޭބަލް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
222
ގުޅުންހުރި ލިޔުންތައް

3 Responses

  1. Hoa

    Maale city eh lahka bodu thaneh tha.
    Aiy dhove dhovegen geyga thibey mask alhaigen
    Ba****key thiothy vaa maale eh

  2. Male city Council

    Male city e dhn maa bodu thaneh dhw ??

  3. Himaan

    Mask alhanjehifa ovva mask gini hila dhuniye kairiyah miaee

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ