ގދ.ތިނަދޫ ހޮސްޕިޓަލް- ފޮޓޯ ސޯޝަލް މީޑީއާ

ހިނެވުން ރައްކާތެރިކަމަށް ހޮސްޕިޓަލުން އިރުޝާދު ދިން - މަބްރޫކް

ގދ.ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން 87 އަހަރުގެ މީހާއަށް ކޮވިޑް-19 ޖެހިފައި ހުރެދާނެކަމަށް ލަފާކޮށް ހިނެވުމެއް ނެތި ތަޔައްމަމްކޮށް ވަޅުލި ނަމަވެސް ހިނެވުން ރައްކާތެރިކަމަށް ހޮސްޕިޓަލުން އިރުޝާދު ދިން ކަމަށް މަބްރޫކް ވިދާޅުވެއްޖެއެވެ.

ތިނަދޫ ހޮސްޕިޓަލްގައި ނިޔާވިމީހާ ހިނެވުމެއްނެތި ތަޔައްމަމްކޮށް ވަޅުލި މައްސަލައާއި ގުޅިގެން މަބްރޫކް ވިދާޅުވީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލުން، ޖަމާއަތްތެރިންގެ ޓިމަށް ހިނެވުން ރައްކާތެރިކަމަށް އިރުޝާދު ދެއްވިކަމަށެވެ. އަދި ހޮސްޕިޓަލްގެ ފަރާތުން ޖަމާއަތްތެރިންނަށް ރައްކާތެރިކަމަށްޓަކައި ބޭނުންވަ އަންގި، މާސްކް އަދި ގައުން ފަދަ ހުރިހާ ޕާރސަނަލް ޕްރޮޓެކްޓިވް އެކިއުޕްމެންޓެއްވެސް ފޯރުކޮށްދިން ކަމަށެވެ. ނަމަވެސް ޖަމާއަތްތެރިން ނިންމީ ހިނެވުމުގެ ބަދަލުގައި ތަޔައްމަމް ކުރުމަށް ކަމަށެވެ.

މަބްރޫކް ވިދާޅުވެފައިވަނީ ނިޔާވި މީހާ އެޑްމިޓް ކޮށްފައިވަނީ ސިވިއާރ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން އެއްގެ ސަބަބުން ކަމަށެވެ. ނިޔާވި ހަސްނަ އަހުމަދުގެ އައިލާމެންބަރަކު ބުނެފައިވަނީ ތިނަދޫ ޓާސްކްފޯސް މެންބަރުންނާއި ތިނަދޫ ކައުންސިލް އިސްވެރިން ހަސަން އަހްމަދާއި މެދު ކަންތައް ކުރިގޮތުން ހިތާމަކުރާ ކަމަށާއި އަދި އެކަން ކުށްވެރިކުރާކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ހޮސްޕިޓަލްތަކުން އަމަލުކުރުމަށް އެކުލަވާލާފައިވާ އެސްއޯޕީގައި ބުނެފައި ވަނީ މިހާލަތުގައި މަރުވާ މީހެއްގެ ގައިން ސާމްޕަލް ނަގައި ކޮރޯނާވައިރަހަށް ޓެސްޓުކުރާނަމަ، އަދި ޓެސްޓުގެ ނަތީޖާ ނުލިބެނީސް ޖަނާޒާ ބާއްވާ ނަމަ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން ވާނީ ބަލީގައި މަރުވާ މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ