ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓަން ސަރުކާރުން މަސައްކަތް ކުރޭތޯ ބަލާނަން - ޕީޕީއެމް

ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓަން ސަރުކާރުން މަސައްކަތް ކުރޭތޯ ބަލާނެކަމަށް އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ ނޫސްވެރިކަން ކަމަށާއި، ދިވެހި ނޫސްވެރިންނަކީ މިނިވަން މާޙައުލެއްގައި މަސައްކަތްކުރަން ޖެހޭނެ ފަރާތްތަކެއް ކަމަށެވެ.

"ނޫސްވެރިކަމުގެ މިނިވަންކަން ދިވެހި ރާއްޖޭގައި ޤާއިމްވެފައިވާކަން ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ފާހަގަވެފައިވާއިރު، މިކަން މިގޮތަށް ދެމެހެއްޓުމަށްޓަކައި އަދުގެ ސަރުކާރުން މަސައްކަތް ކުރޭތޯ މި ޕާޓީއިން ފާރަވެރިވެ މަސައްކަތް ކުރާނެ ވާހަކަ ފާހަގަކުރަން." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށާއި ދިވެހި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް އެކި ގޮތްގޮތުން ޙިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ