ގދ.ތިނަދޫ އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން ދުވަސްވީ ދެމީހުންގެ ނަތީޖާވެސް ކޮވިޑް-19 އަށް ނެގެޓިވު ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ގދ.ތިނަދޫ އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން ދުވަސްވީ ދެމީހުންގެ ނަތީޖާވެސް ކޮވިޑް-19 އަށް ނެގެޓިވު ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ކުރިއަށް ގެންދިއަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، ތިނަދޫގެ ނިޔާވި ދެ މީހުން ވެސް ނެގެޓިވު ކަމަށެވެ. މި ދެމީހުންނަކީވެސް ސާރީ ކޭސް ( ސިވިއަ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނެއް)ގެ ދެމީހުންނެވެ. ނޭވާލާން އުނދަގޫވުމުގެ މައްސަލަތަކުގައި މަރުވި މި ދެމީހުންގެ އުމުރަކީ 87 އަހަރާއި 78 އަހަރެވެ. މީގެތެރެއިން 87 އަހަރުގެ މީހާ ވަޅުލައިފައިވަނީ ތަޔައްމަމު ކޮށްގެންނެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ހޮސްޕިޓަލްތަކުން އަމަލުކުރުމަށް އެކުލަވާލާފައިވާ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)ގައި ބުނެފައި އޮންނަ ގޮތުން މިހާލަތުގައި މަރުވާ މީހުން ކޮވިޑަށް ޓެސްޓްކުރަން ސާމްޕަލް ނަގައި، ޓެސްޓްކުރާ އިރު، ނަތީޖާ ނުލިބެނީސް ޖަނާޒާ ބާއްވާ ނަމަ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާނީ އެ ބަލީގައި މަރުވާ މީހެއްގެ ޖަނާޒާ ކުރިއަށް ގެންދާ އުސޫލުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގަ އެވެ..