ހއ. އުލިގަމު - ފޮޓޯ: (ފްލިކަރ) އަރުޝަދު އަޙްމަދު

އުލިގަން މޮނިޓަރިންގެ ހާލަތުން ނަގައިފި

ކޮވިޑް-19 ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވާ ހއ. އުލިގަން މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

މާލެ ފިޔަވައި ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ އުލިގަމުން ނެވެ. އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއިއެކު މާރޗު މަހުގެ 19 ވަނަ ދުވަހު އުލިގަން ވަނީ މޮނިޓަރިން އަށް ލައިފައެވެ.

ކޮންޓެކްޓު ޓްރޭސިން ހެދުމަށްފަހު ފާހަގަވި ކޮންޓެކްޓުންގެ ޓެސްޓުތައް ހަދައި ސާމްޕަލްތައް ނެގަޓިވްވުމުން ރަށް މިހާރު މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އުލިގަމުން ޕޮޒިޓިވް ވި މީހާ ދަތުރު ކުރި އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކުރި އެންމެން އައިސޮލޭޓު ކޮށް އެ ބޯޓު ޖެއްސި ރަށްތައްވެސް ވަނީ އޭރު މޮނިޓަރިން އަށް ލާފައެވެވެ. ނަމަވެސް މިއިން އެއްވެސް ރަށަކުން ސާމްޕަލް ނެގި މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓު ކޮށްފައި ނުވެއެވެ.

އިއްޔވެސްެ މޮނިޓރަިންގެ ހާލަތުން އާންމު ހާލަތަށް ބައެއް ރަށް ތައްވަނީ ގެނަސްފައެވެ. އެގޮތުން ނ. މާފަރާއި ކ. ކުޑަވިލިނގިލިވެސް އިއްޔެ ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ.

ރާއްޖެއިން ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 468 އަށް އަރާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ