ކްރިސްޓިއާނޯ ރޮނާލްޑޯ - ފޮޓޯ: އޭއެސް އިންގްލިޝް

"ހަނދާން ނައްތައެއްވެސް ނުލެވޭނެ. އަދި ނުވެސް ފޮރުވޭނެ" ޓެކްސް މަކަރާއި ގުޅޭގޮތުން ރޮނާލްޑޯ

ސްޕެއިންގައި އުޅުނު ދުވަސްވަރު ޖެހުނު ޓެކްސްގެ މައްސަލަ ފިޔައި އިތުރު އެއްވެސް މައްސަލައެއް ނުޖެހޭކަމަށާއި އެއީ ހަނދާން ނައްތާލެވޭނެ އަދި ފޮރުވޭނެ އެއްޗެއް ނޫންކަމަށް ޖުވެންޓަސްއަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރެއަލްމެޑްރިޑްގައި އުޅުނު ދުވަސްވަރު ޓެކްސްއަށް މަކަރު ހެދިކަމަށް މިއަހަރުގެ ކުރީކޮޅު ރޮނާލްޑޯ އެއްބަސްވެ ފައިސާ ދެއްކުމަށް ދެއަހަރުގެ މުއްދަތެއްވެސް ރޮނާލްޑޯ ކޯޓުންވަނީ ދީފައެވެ. އިޓަލީގެ ޔުވެންޓަސްއަށް މިހާރު ކުޅެމުން އަންނަ ރޮނާލްޑޯ ސްޕެއިންގެ ޕްރޮސެކިއުޓަރ އަދި ޓެކްސް އޮތޯރިޓީއާއި ވެފައިވާ އެއްބަސްވުމުގެ ދަށުން 16 މިލިއަން ޕައުންޑްގެ ޖޫރިމާނާއެއް ރޮނާލްޑޯ ދައްކަންޖެހެއެވެ.

އަދި މިކަމާއި ގުޅިގެން ރެއަލްމެޑްރިޑާއި މެދު އޮންނަ ލޮއެއްބަށް ކުޑަވެސް ހިޔަންޏެއް އެޅިފައިނުވާކަމަށް ރޮނާލްޑޯ ބުނާއިރު ސަޕޯޓަރުން އަދިވެސް ރޮނާލްޑޯ އެނބުރި މެޑްރިޑަށް ދިއުމަށް ރޮނާލްޑޯ ގާތު އެދޭކަމަށް ބުންޏެވެ.

" ސްޕެއިން މީހުން އަހަންނާ ދޭތެރޭ ކަންތައްކުރީ ރަނގަޅަށް " ރޮނާލްޑޯގެ އިންޓަވިއުއެއްގައި ބުންޏެވެ.

ހެއާ ޓްރާންސްޕްލާންޓް ކްލިނިކަކީ ސްޕެއިން މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ނިޔަތުގައި ހުޅުވިތަނެއްކަމަށާއި ޓެކްސް މައްސަލަ ފިޔަވައި އިތުރު އެއްވެސް މައްސަލައެއް ސްޕެއިންގައި ޖެހިފައިނުވާކަމަށް ރޮނާލްޑޯ ބުންޏެވެ.

މިދިޔަ ތިން ސީޒަންގައިވެސް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ރޮނާލްޑޯ މިފަހަރު މިވަނީ ކުއާޓާ ފައިނަލާއި ހިސާބުން ކަޓާފައެވެ. އަޔޭކްސް އަތުން ބަލިވެ ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ކެޓިނަމަވެސް، ޔުވެންޓަސްއަށް ކުޅުނު ފުރަތަމަ ސީޒަންގައި ޔުވެންޓަސްއާއެކު ސީރީއާގެ ތަށި ރޮނާލްޑޯވަނީ ކާމިޔާބުކޮށްފައެވެ.

ކޮންމެ އަހަރަކުވެސް މޮޅު ކުޅުންތެރިއެއްކަން ސާބިތުކުރުމަށް އެކި ފަރާތްތަކުން ޕްރެޝަރުކުރާއިރު ކޮންމެ އަހަރަކީވެސް ވަރަށް އުނދަގޫ އަހަރެއްކަމަށާއި އަދި މިޕްރެޝަރުގެ އަސަރު ކުރަނީ ހަމައެކަނި ރޮނާލްޑޯއަށް ނޫންކަމަށާއި ނަމަވެސް އޭނާގެ މަންމައަށާއި ދަރިފުޅަށްވެސް އަސަރު ކުރާކަމަށް ރޮނާލްޑޯ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް