ޗައިނާގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޒިންޖިއާން މުސްލިމުންނަށް ރޯދަ ހިފުން މަނާކޮށްފިއެވެ.
ޒިންޖިއާންގެ ޖިންގެ ކައުންޓީގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުގައި ބުނެފައި ވަނީ ރޯދަ މަހު ދުވާލު ވަގުތުތަކުގައި ވެސް ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވަން ޖެހޭނެ ކަމަށެވެ. ބޯލް ކައުންޓީގެ އޮފިޝަލުން ބުނެފައި ވަނީ ރޯދަ ހިފުން ފަދަ ދީނީ އެއްވެސް ކަމެއްގައި މުސްލިމުންނަށް ބައިވެރި ނުވެވޭނެ ކަމަށެވެ.
ޗައިނާގެ މުސްލިމުންގެ އާބާދީ އުޅެނީ %0.45 އާއި %1.8 އާ ދެމެދުގައެވެ. ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުންދަނީ މިކުޑަ އާބާދީ ފޮހެލުމަށް ރޭވިގެން އެތައް ކަމެއް ކުރަމުންނެވެ. މިގޮތުން ރިހިބިލިޓޭޝަން ސެންޓަރު ތަކުގެ ނަމުގައި ހާއްސަ ކޭމްޕު ތަކުގައި މުސްލިމުން ހައްޔަރުކޮށްފައި ވެއެވެ.
މުސްލިމުންނާއި ދެކޮޅަށް ޗައިނާއިން ހިންގާ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން ޗައިނާގެ މުދާ ނުގަނެ ބޮއިކަޓް ކުރުމަށް ގޮވާލާ އެމެރިކާ އަށް ނިސްބަތްވާ އިސްލާމީ ޖަމާއަތްތަކުންދަނީ ކެމްޕެއިނެއްވެސަ ހިނގަމުންނެވެ.
This upcoming Ramadan, let's not just fast from food and water, but also products made in China. This will be a big step forward in challenging China's genocide of Uyghurs and other Turkic people. #FastFromChina pic.twitter.com/MzCVVvwo9p
— Aydin Anwar (@aydinanwar_) April 26, 2019




