ބާސެލޯނާއަށް ބަދަލުވާން ބޭނުންކަން މާޓިނޭޒް ހާމަކޮށްފި!

އިންޓަރ މިލާން ދޫކޮށް ސްޕެއިންގެ އެފްސީ ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަން އާޖެންޓީނާގެ ފޯވާޑު ލަޓާރޯ މާޓިނޭޒް ހާމަކޮށްފިއެވެ.

ރިޕޯރޓްތައް ބުނާގޮތުން، އިންޓަރއިން އޭނާއަށް ހުށަހެޅި ހުށަހެޅުމަށް ނޫނެކޭ ބުނެފައިވާއިރު، ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވާންކަން ބޭނުންވާކަން މާޓިނޭޒް މިހާރު ކުޅެމުން އަންނަ އިންޓަރމިލާންވަނީ އަންގާފައެވެ.

މާޓިނޭޒް އިންޓަރމިލާންއާއެކު މިހާރު ހަދާފައިވާ އެއްބަސް ނިމުމަކަށް އަންނާނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެހެންކަމުން ބާސެލޯނާއިށް މާޓިނޭޒް ގެންދެވޭނީ ރިލީޒް ކްލޯސްގެ ގޮތުގައި 111 މިލިއަން ޔޫރޯ ޚަރަދުކޮށްގެންނެވެ. ކްލަބުތަކަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވެ، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ މިދަނޑިވަޅުގައި، ބާސެލޯނާއަށް އެވަރުގެ ބޮޑު ޚަރަދެއް ނުކޮށް ބަދަލުގައި ކުޅުންތެރިން އިންޓަރއަށް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

ބާސެލޯނާއިންވަނީ ކޮވިޑް-19 އާއި ގުޅިގެން ކްލަބުގެ ސްޓާފުންގެ މުސާރަ ހަމައަށް ދިނުމުގެ ގޮތުން ސީނިއާރ ކުޅުންތެރިންގެ އިސްނެގުމުގެ މަތިން އެކުޅުންތެރިންގެ މުސާރައިން %70 އުނިކުރަން ނިންމާފައެވެ.

އެހެންނަމަވެސް ބާސެލޯނާގެ ރައީސް ބުނީ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރ އެރިކް އަބީޑާލްއާއި އޭނާގެ އެސިސްޓް ވެގެން އަންނަ ސީޒަނަށް ތައްޔާރުވުމަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިހާލަތުގައި އިތުރު ކުޅުންތެރިން ގެންނަށް ބާސެލޯނާގެ ކުޅުންތެރިން ބަދަލުކުރުން ވަރަށް ގާތެވެ. އެގޮތުން ވިޑާލްއާއި ސަމޭޑޯ ބަދަލުކުރަން އުޅޭކަމަށް މީގެކުރިންވެސް ވަނީ އަޑު ފެތުރިފައެވެ.

ބާސެލޯނާގެ ކުރިއަށް ކުޅެމުން އަންނަ ލުއިޒް ސުއަރޭޒްގެ ބަދަލަށް އިތުރު ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެކްލަބުގެ އިތުރުން ވާދަވެރި ރެއަލްމެޑްރިޑުންވެސް އަންނަނީ މާޓިނޭޒްއަށް ފާރަލަމުންނެވެ.

އިޓަލީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 22 އަހަރުގެ މާޓިނޭޒްވަނީ މިސީޒަންގެ އިޓާލިއަން ސީރީއާގައި އިންޓަރމިލާންއަށް ކުޅެދިން 22 މެޗުން 12 ލަނޑު ކާމިޔާބުކޮށް 3 އެސިސްޓް ހަދާފައެވެ. އަދި މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 6 މެޗުން 5 ލަނޑު އޭނާވަނީ ކާމިޔާބުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ