އުތީމު ގަނޑުވަރު - ފޮޓޯ: އެޓޯލް ސެއިލަރު

މިއަދު މޮނިޓަރުން އިން ނެގި ރައްތަކަކީ، ބ. ކެންދޫ، ހއ. ދިއްދޫ، އަދި ހއ. އުތީމު

ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިން އަށް ލައިފައިވާ ތިން ރަށެއް މިއަދު މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު މޮނިޓަރިންގެ ހާލަތުން ނެގި ތަންތަނުގެ ތެރޭގައި ހިމެނެނީ، ދަރުމަ ދޯންޏާއި، ބ. ކެންދޫއާއި، ހއ. ދިއްދޫއާއި، އަދި ހއ. އުތީމު ކަމަށެވެ.

ރައްރަށް މޮނިޓަރިންގެ ހާލަތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެއްނަނީ އެރައްތަކުގައި ކޮންޓެކްޓް ޓުރޭޒިން ހެދުމަށާއި އަދި ކޮވިޑް-19 އެރަށެއްގައި ފެތުރިދާނެ ކަމުގެ ބިރުވެރިކަން އޮންނަ ނަމައެވެ.

އެޗްޕީއޭއިން މިވަގުތު މޮނިޓަރިންނަށް ލައިފައިވާ ރައްތަކުގެ އަދަދަކީ15 އެވެ. މިރައްތަކަކީ، މާލޭ ސިޓީ، ކ. ތުލުސްދޫ، ށ. ނަރުދޫ، މ. ހޮޅުދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ށ. ފީވައް، ށ. މާއުނގޫދޫ، ނ. ކެނދިކުޅުދޫ، ނ. ހެނބަދޫ، ށ. ގޮއިދޫ، ހދ. ހިރަމަރަދޫ، ހދ. ކުމުންދޫ، ހއ. ތަކަންދޫ، އަދި ނ. މަނަދޫއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 519 މީހުން ޕޮޒިޓިވުވެފައި ވެއެވެ. އަދި މިބަލިން 17 މީހަކު ރަނގަޅު ވެފައިވާއިރު 1 މަރުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ