ރެއަލްމެޑްރިޑުން މެއި 11 ގައި ފަރިތަކުރުންތައް ފައްޓަނީ

މިހިނގާ މެއި މަހުގެ 11 ވަނަ ދުވަހު ފަރިތަކުރުންތައް ފެއްޓުމަށް ތައްޔާރުވަމުން އަންކަން ސްޕެއިންގެ ރެއަލްމެޑްރިޑުން ހާމަކޮށްފިއެވެ.

ރެއަލްމެޑްރިޑުން މިގޮތަށް ނިންމާފައިވާއިރު، ސްޕެނިޝް ލަލީގާގައި ކުޅޭ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރަން އެލީގުންވަނީ ނިންމާފައެވެ. އެގޮތުން އަންނަ ހަފްތާގައި ކުޅުންތެރިން ޓެސްޓްކުރުމުގެ މަސައްކަތް ފެށޭނެކަމަށްވަނީ ހާމަކޮށްފައެވެ.

ލަލީގާއިން ކުޅުންތެރިންގެ ތިން ޓެސްޓެއް ހެދުމަށް ނިންމާފައިވާއިރު، ފުރަތަމަ ހަދާނީ ޕީސީއާރު ޓެސްޓެކެވެ. އަދި އެއަށްފަހު ފަރިތަކުރުންތައް ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިންގެ އެންޓިބޮޑީ ޓެސްޓެއްވެސް ހެދުމަށް ލަލީގާއިން ނިންމާފައިވާއިރު، ލީގު އަލުން ފެއްޓުމުގެ ކުރިން ތިންވަނަ ޓެސްޓެއްވެސް ހަދަންވަނީ ނިންމާފައެވެ.

ސްޕެއިންގެ ކްލަބުތަކުން ފަރިތަކުރުންތައް ފައްޓައް ތައްޔާރުވަމުން ދިޔަނަމަވެސް ލީގު ފެއްޓޭނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްޕެއިން ލޮކްޑައުންކޮށްފައިވާއިރު، ޓީމުތަކުގެ ފަރިތަކުރުންތައްވެސް މެދުކަނޑާލާފައެވެ. ކުޅުންތެރިން ފަރިތަކުންތައް ކުރިއަށް ގެންދަނީ ކްލަބުތަކުގެ އިރުޝާދާއެކު އަމިއްލަ ގޭގައެވެ.

ސްޕެނިޝް ލަލީގާގައި މިހާތަނަށް 27 މެޗުކުޅެފައިވާއިރު، ރެއަލްމެޑްރިޑް ތާވަލްގެ ދެވަނާގައި އޮތީ ވާދަވެރި ބާސެލޯނާއަށްވުރެ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ. ބާސެލޯނާއަށް 27 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ރެއަލްމެޑްރިޑަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. މީގެއިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ފުރަތަމަ ލެގު ކުޅެފައިވާއިރު، އިންގްލޭންޑް މެންޗެސްޓާރ ސިޓީއާއި ބައްދަލުކޮށް އަމިއްލަ ދަނޑުގައި ރެއަލްމެޑްރިޑްވަނީ 2-1 ނަތީޖާއަކުން ދަށްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ