ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އިވަކުވޭޓް ކުރަނީ

އިންޑިއާއިން ރާއްޖޭގައި ތިބި އެގައުމުގެ ރައްޔިތުން އަބުރާ ގައުމަށް ގެނައުމަށް ތައްޔާރު ވެއްޖެއެވެ.

ރާއްޖޭގައި ހުރި އިންޑިއާގެ ހައި ކޮމިޝަން އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ހަފްތާ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އެބުރި ގައުމަށް ގެނައުމުގެ މައްސަކަތް އިންޑިއާ ސަރުކާރުން ފަށާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ރާއްޖެގައި ތިބި 200 އެއްހާ އެގައުމުގެ ރައްޔިތުން ބޯޓެއްގައި ކެރަލާގެ ކޮޗީ އަށް ގެނައުމަށް ފަހު އެ އެންމެން ކޮޗީގައި 14 ދުވަހަށް ކަރަންޓީނު ކުރުމަށް ވަނީ ނިންމާފައެވެ.

މާލެއިން ކެރަލާގެ ކޮޗީ އަށް ބޯޓެއްގައި ކުރާ މި ދަތުރަށް 48 ގަޑިއިރު ހޭދަވާނެ ކަމަށް ވެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ފުރަބަންދާއި ގުޅިގެން އިންޑިއާގެ ދެ ހާހެއްހާ ރައްޔިތުން ވަނީ ރާއްޖޭގައި ތާށިވެފައެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ޗައިނާ , އިޓަލީ , މެލޭޝިއާ , ޖަޕާން އަދި އަފްގާނިސްތާނުގައި ތިބި އެގައުމުގެ ރައްޔިތުން އަބުރާ ގައުމަށް ގެނައުމަށް ކާމިޔާބު އޮޕަރޭޝަން ތަކެއް ހިންގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ