ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓު

ފިއްލަދޫ މެޖިސްޓްރޭޓް އަލީ މުޙުތާރު މަގާމުން މުސްކުޅި ކޮށްދެއްވައިފި

ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ މުޚުތާރު މަގާމުން މުސްކުޅި ކޮށްދެއްވައިފި އެވެ.

އަލީ މުޙުތާރު މަގާމުން މުސްކުޅިކޮށްދެއްވާފައި ވަނީ އިއްޔެ ބޭއްވި ޖުޑިޝަލް ސާރވިސް ކޮމިޝަނުގެ 34 ވަނަ ބައްދަލުވުމުގައެވެ. މަގާމުން މުސްކުޅިކޮށްދެއްވުމަށް އެދިލައްވާފައިވަނީ އަލީ މުޙުތާރެވެ.

ޖުޑިޝަލް ސާރވިސް ކޮމިޝަނުން އިއްޔެ ނިންމެވި ނިންމެވުމުގައި ބުނެފައިވަނީ "އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު" ދަށުން ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ މުޚުތާރު މަޤާމުން މުސްކުޅިކޮށްދެއްވުމަށް އެދިވަޑައިގެންފައިވާތީ، އެގޮތުގެ މަތިން ވަޒީފާއިން މުސްކުޅިކޮށްދެއްވުމަށް

ކޮމިޝަންގެ 7 މެންބަރުން ބައިވެރިވެލެއްވި ކޮމިޝަންގެ މި އަހަރުގެ 34 ވަނަ ބައްދަލުވުން 03 މެއި 2020 ވަނަ ދުވަހު ބާއްވާފައިވަނީ އޯޑިއޯ ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މައިކްރޯ ސޮފްޓް ޓީމްސް މެދުވެރިކޮށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ