އޮންލައިންކޮށް އޯޑަރ ކުރި އެއާޕޮޑު ލިބުނުއިރު ކަންފަތައް ވުރެ ބޮޑު!

އޮންލައިން ޕްލެޓްފޯމުތަކުން އޯޑަރު ކުރާ ތަކެތި ގެޔާ ހަމައަށް އަންނައިރު، އޯޑަރު ކުރި އެތި ނޫން ނުވަތަ މުޅިން ތަފާތު އެއްޗެއް ލިބުމަކީ، އާއްމުކޮށް އެންމެންވެސް ވަރަށް ގިނައިންކުރާ ޝަކުވާއެކެވެ. އެގޮތުން އިންޓަނޭޝަނަލް އޮންލައިން ފިހާރައެއްކަމުގައިވާ އެމޭޒަން މެދުވެރިކޮށް އޯޑަރު ކުރާ އެތައް ބަޔަކަށް މިފަދަ ކަންކަމާއި ވަރަށް ގިނައިން ކުރިމަތިލާންޖެހިފައި އެބަހުއްޓެވެ.

މިފަހަރުވެސް މިއީ ހަމަ އެމޭޒަން އިން ވިޔަފާރި ކުރި އަންހެނަކަށް ލިބުނު ބޮޑު ލަނޑެއްގެ ވާހަކައެވެ. ދުބާއީގައި ދިރިއުޅޭ މި އަންހެންމީހާ އެމޭޒަން އިން  އޯޑަރު ކުރި ވަޔަރލެސް އެއާޕޮޑު، މިދިޔަ މަހުގެ ފަހުކޮޅު ލިބުނުއިރު އެ އެއާޕޮޑު އެ އަންހެންމީހާގެ ކަންފަތައްވުރެވެސް ބޮޑެވެ.

އާދަޔާ ހިލާފަށް ބޮޑު މި ފޭކު އެއާޕޮޑުގެ ވާހަކަ މި އަންހެންމީހާ އޭނަގެ ޓްވިޓާގައި އާއްމުންނަށް ހިއްސާކޮށްފައިވާއިރު، އޭނާ ބުނީ، މި އެއާޕޮޑު އޭނަގެ ބޮލަށްވުރެވެސް ބޮޑު ކަމަށެވެ. އެމޭޒަން އިން ލިބުނު މި އެއާޕޮޑުގެ ފޮޓޯވެސް އާނާ ވަނީ ދައްކާލާފައެވެ.

އޭނާ ބުނީ، އެއީ ފޭކު އެއްޗެއްކަން ކުރިންވެސް އެނގުނުކަމަށާއި، ސަބަބަކީ، ކުރިން ވެސް މިފަދަ ކަންކަން އެމޭޒަންއިން ހިނގާކަމަށެވެ. އަދި އެއާޕޮޑު އެހާ އަގުބޮޑު ނުވުމުންވެސް އެކަން އެނގުނުކަމަށެވެ. އެހެންނަމަވެސް، އެއާޕޮޑް އެހާ ބޮޑުވުމަކީ ލިބުނު ޝޮކެއް ކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ލިބޭގޮތުގައި، މި އަންހެންމީހާ މި އެއާޕޮޑު ގަތީ، ފަސްދޮޅަސް ދެ ޑޮލަރު ދީފައެވެ.

މި އަންހެންމީހާއަށް ދިމާވި ކަންތައް އާއްމުންނާއި ހިއްސާކުރުމުން، މި ވާހަކަ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވެއެވެ. އަދި ގިނަ ބަޔަކު ވަނީ، މިކަމާއި ގުޅިގެން އެކިކަހަލަ މަޖާ ކޮމެންޓްވެސް ކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ