ގޭގައި ހުރެގެން މަސައްކަތް ކުރަން "ވޯކް-ސެޓްއަޕް" އެއް ހަދައިފިންތަ؟

މިއީ ދުނިޔޭގެ އެންމެންނަށްވެސް ދަތި ވަގުތެކެވެ. ކޮވިޑް-19 އާއެކު އެންމެން ހުރީ ގޭގައި ބަނދުވެފައެވެ. ވިޔަފާރިތަކާއި އޮފީސްތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އެހެންނަމަވެސް، މި ދަތި ދަނޑިވަޅުގައި އިޤްތިސާތީ ގައުމު އިނދެ ނުޖެހި ވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގައުމީ އިދާރާތަކުން އެދަނީ ކުރަމުންނެވެ.

އެގޮތުން، މުވައްޒަފުން ގޭގައި ބައިތިއްބައިގެން މަސައްކަތް ކުރުމަށްޓަކައި ގިނަ ވިޔަފާރިތަކާއި ސަރުކާރު އޮފީސްތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން، މި ވަގުތު ގޭގައި މަސައްކަތް ކުރާ ފަރާތެއްނަމަ އަމިއްލަ ގޭގައި މަސައްކަތް ކުރާނެ "ވޯކް-ސެޓްއަޕް"އެއް ހެދުމަކީ މިވަގުތު ވަރަށް މުހިއްމުކަމެކެވެ. މި ބުނަނީ، އޮފީސް ފެންވަރުގެ މަސައްކަތު މާހައުލެއް ހަދާށެކޭނޫނެވެ.

މިއަދު އޮފީސްތަކުގެ މަސައްކަތް އަމިއްލަ ގޭގައި ހުރެގެން ކުރާއިރު މި މަސައްކަތް ކުރަން ކޮޓަރީގެ ނުވަތަ ދިރިއުޅޭ ތަނެއްގެ ވަކި ތަނެއް ހާއްސަކުރެވިދާނެއެވެ. އެގޮތުން ކޮޓަރީގެ ކަނެއްގައި ނުވަތަ ޖާގަ ހުރިމިިންވަރަކުން ފަސޭހަތަނެއްގައި މޭޒެއް ބަހެއްޓިދާނެއެވެ. އަދި މޭޒުމަތީ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރު ބަހައްޓާށެވެ. މިވަރުން މިއޮތީ ގޭގައި މަސައްކަތް ކުރެވޭނެ ވަރު ކުރެވިފައެވެ.

ބައެއް އޮފީސްތަކުން ވީޑިއޯ ކޮންފަރެންސް މީޓިންތައްވެސް ގޭގައި ތިބެ ބާއްވަމުންދާއިރު، މި ގޮތަށް އޮފީހުގެ މަސައްކަތައް ވަކިން މޭޒެއް ބެހެއްޓުމުން ވަރަށް ފަސޭހަވާނެއެވެ. އެހެންމަވެސް މި ގޮތަށް އޮންލައިން ވީޑިއޯ ކޯލްތައް ކުރާއިރު، ކެމެރޭގެ ފުރަގަސް ރީތިކޮށް ބަހައްޓަން ހަނދާނުގައި ބަހައްޓެޗެވެ. އެގޮތުން ހުސް ފާރެއް ނުވަތަ ކަަބަޑެއް ވީޑިއޯގެ ފަހަތުން ފެންނަ ގޮތަށް "ވޯކް-ސެޓްއަޕް" ހެދުން ބުއްދިވެރިއެވެ.

ގޭގައި ތިބެގެން މަސައްކަތް ކުރަން ގިނަ ބަޔަކަށް މިހާރު ވަނީ އާދަވެފައެވެ. އެކަމަކު، މި ބުނި ގޮތަށް މަސައްކަތް ކުރާ ތަނެއް ހާއްސަކުރުމުން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ. އެހެންކަމުން "ވޯކް-ސެޓްއަޕް" އެއް އަދި ނަހަދަނީނަމަ، އަވަހަށް މިކަމާ އުޅޭށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ