ރައްޔިތުންގެ މަޖްލިހިގެ ތާރީޚުގައިވެސް އެންމެ ފާޅުކަން ބޮޑުކޮށް ޤަވާޢިދާ ޚިލާފަށް މަޖްލިސް ހިންގަވަނީ މަޖިލީހުގެ މިހާރުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުކަމަށް މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މި ދުވަސްވަރު ކުލި ނުދެއްކޭ މީހުންނަށް ލުޔެއް ދިނުމުގެ ބިލް މަޖިލީހަށް އެޖެންޑާ ނުކުރި ޚަބަރު ޓެގްކުރުމަށްފަހު އަލްހާން މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަޖްލީހުގެ ދިގު ތާރީޚުގައި އާންމުކޮށް ފާޅުކަން ބޮޑުކޮށް މަޖްލީހުގެ ޤަވާއިދާ ޚިލާފަށް މަޖްލިސް ހިންގަވާ ރައީސަކީ ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ. އަދި އެކަމާމެދު ދެބަސްވެވެން ނެތްކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
މަޖްލިހިގެ ދިގު ތާރީޚުގައި އާންމުކޮށް ފާޅުކަން ބޮޑުކޮށް މަޖްލިހުގެ ގަވައިދާ ޚިލާފަށް މަޖްލިސް ހިންގަވާ ރައީސަކީ@MohamedNasheed ކަމާމެދު ދެބަސް ވެވޭކަށް ނެތް
Mi dhuvasvaru kuli nudhekkey meehunnah luyeh dhinumuge bill Majileehah agenda eh nukuri https://t.co/dGKnYMWHsE— ALHAN FAHMY ?? (@AlhanFahmy) May 5, 2020
މި ދުވަސްވަރު ކުލި ނުދެއްކުނަސް ގެއިން ނެރުން ހުއްޓުވުމަށް އިދިކޮޅު މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލް އެޖެންޑާ ނުކޮށް، އެ ބިލް އަލުން ރަނގަޅު ކުރުމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުންވަނީ އަނބުރާ ފޮނުވާލާފައެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުގެ އެބިލްގައިވާ ބައެއް ކަންތައްތައްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ގެދޮރު ކުއްޔަށް ހިފައިގެން އުޅޭ މީހުންގެ ތެރެއިން މި ހާލަތުގައި ކުލި ނުދެއްކޭ މީހުން ގެއިން ނެރުން، ގާނޫނަކުން މަނާކުރުމާއި، ޕެންޝަން ފަންޑުގައި ހުރި ފައިސާގެ ވަކި އަދަދެއް ލިބޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.
އެބިލް މަޖިލީހުގެ ރިޔާސަތުންވަނީ އަނބުރާ ފޮނުވާލާފައިވާއިރު ނަޝީދު ވިދާޅުވީ، ސައީދުގެ ބިލަށް މަޖިލީހުގައި ބަހުސްކުރުމަކީ އެމަނިކުފާނު ވަރަށް އެދިވަޑައިގަންނަވާކަމެއްކަމަށާއި، ބިލް އަލުން ބަދަލުކޮށްގެން ގެންނަން އެދިވަޑައިގަތީ އެހެންވެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮންނެވެ. އެކަމާއި ގުޅޭގޮތުންވެސް މިއީ ކޮންމެހެން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަންޖެހޭ ހާލަތެއް ކަމަށް ނުދެކޭކަމުގައިވެސް އަލްހާންކުރިންވަނީ ވިދާޅުވެފައެވެ. އެގޮތުން އަލްހާން ވިދާޅުވެފައިވަނީ ސިޔާސީ ޝޯ ކުޅުން މުހިންމެއް ނޫން ކަމަށާއި ޖަލްސާތައް އޮންލައިން ކޮށް ބޭއްވުމަކީ ކޮންމެހެން މަޖްލީހުން ނިންމަންޖެހޭ ކަމެއް ނެތް ހިނދެއްގައި ހުސް ބޭކާރު ޚަރަދު ކުރުން ކަމަށެވެ. އަދި މިކަމަކީ ގޮތް ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައިވެސް އަލްހާން ވަނީ ސިފަ ކުރައްވާފައެވެ.




2 Responses
މަޖިލީހުގެ ތިބީ ރައްޔިތުން ނަށް އާދޭސް ކޮށްރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކުރަމުން ދާނެކަމަށް ބުނެ އާދޭސް ކޮށްގެން ވަދެފައި ތިބިމިހުން އަދި ގައުމައް ރައްޔިތުން ނަށް ފާއިދާ ހުރި އެއްވެސް ކަމެއް ނުކޮށް ތިބެގެން އަމިއްލަ ބޭނުމަށް 19 ޔައް ބޭނުން ހުރިހާ ކަމެއް ކުރަމުން ދާއިރު ރައްޔިތުން ނަށް ފާއިދާ ހުރި ބިލެއް މަޖިލީހަށް ވައްދާ އިރަށް ބޭރު ކޮށްލާ އިރު ގޮތް ކުޑަ ކަމާއި ލަދުހަޔާތް ކޮބާ ގޮތް ކުޑަ ކަމުން ނުކުޅެދޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން ހުށަހެޅި ބިލުވެސްް ބޭރުކޮށްލި ކަރަންޓާއި ފެނުގެ ބިލު ވެސް ބޭރު ގޮތް ކުޑަ މުޑުދާރު ކަމުން އަނެއް ވޯޓައްސަލާން ޖަހަން ދުވަނީ ރައްޔިތުންގެ ގެއިން ނިކުމެގެން ކަލޭ މެން ގެއަށް ދޭބަލަ އަހަރެމެން ރައްޔިތުން ކަލޭ މެން ތި ގެއިން ނެރެން ނުކުންނާނަން ކެއްކުރެ ވޭނީ ވަކި ވަރަކަށް ކަން ފާހަގަ ކުރަން
އާދެ ގަރުނުގެ އެންމެ ބޮޑު ތެދު