ފޮޓޯ: ފުލުހުން

އިއްޔެ އެކަނިވެސް ލޮކްޑައުންގެ އަމުރާ ހިލާފުވި 185 މީހުން ޖޫރިމަނާކޮށްފައިވޭ – ފުލުހުން

އިއްޔެ އެކަނިވެސް ލޮކްޑައުންގެ އަމުރާ ހިލާފުވި 03 މީހަކު ހައްޔަރުކޮށް 185 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ހާމަކޮށްފައިވާ އިއްޔެގެ ތަފާސް ހިސާބަށް ބަލާލާއިރު މާލެއިން 165 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު ހުޅުމާލެ އިން 15 މީހަކު އަދި ވިލިމާލެ އިން 05 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

މާލެ ލޮކްޑައުން ކުރިފަހުން މިހާތަނަށް މާލޭ ސަރަހައްދުން ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖުމްލަ 2497 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އެއީ މާލެއިން 2130 މީހުން، ހުޅުމާލެ އިން 305 މީހުން އަދި ވިލިމާލެ އިން 62 މީހުން ނެވެ.

މިހާތަނަށް ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން ޖުމްލަ 140 މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެތެރެއިން 03 މީހަކު ހައްޔަރު ކޮށްފައިވަނީ އިއްޔެއެވެ.

އޭޕްރީލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މާލެ ސަރަހައްދު ވަނީ 24 ގަޑި އިރަށް ލޮކްޑައުން ކޮށްފައެވެ. އަދި އޭގެ ފަހުން އެތަށްފަހަރަކު އެ މުއްދަތު އިތުރުކޮށް އަދިވެސް ވަނީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި އެއްގަމު ދަތުރު ކުރުމާއި، ބޭރަށް ނިކުމެ އުޅުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އަދި ވައިގެ ދަތުރުތައް މެދުކަނޑާލައިފައިވާއިރު، ކަނޑުމަގުންވެސް މާލެ ސަރަހައްދަށް ދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ވަކި ޙުއްދައެ ލިބިގެން މުދާ ބަލައި މާލެ ސަރަހައްދަށް ދިއުމުގެ ހުއްދަ ސަރުކާރުން ދީފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިމިވާ ފިޔަވަޅު ތަކާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަޅު އަޅާނެކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ