ވާޑީ އަދި ރޮޖާރސް - ފޮޓޯ: ދަ ޓެލެގްރާފް

އީޕީއެލް - ވާޑީއަށް ސިޓީ ހުއްޓުވޭނެ : ރޮޖާރސް

ލެއިސެސްޓާގެ ވާޑީއަށް ސިޓީ ހުއްޓުވައި ޕްރިމިއާ ލީގު ތައްޓަށް ސީޓީއިން ކުރަމުން އަންނަ އުންމީދުތައް ފަނޑުކުށްލެވިދާނެކަމަށް ކުރިން ލިވަޕޫލަށް ކޯޗުކޮށްދިން ބްރެންޑަން ރޮޖާރސް ބުނެފިއެވެ.

ރަނގަޅު ފޯމެއްގައި ހުރި ވާޑީ އެންމެފަހުން ކުޅުނު 9 މެޗުން 11 ލަނޑުޖަހާފައިވެއެވެ. ނިމިދިޔަ ހަތް ސީޒަންގައި  ލީގުގެ ގަދަ ހަ ޓީމާއި ދެކޮޅަށް ޖުމްލަ 34 ލަނޑު ވާޑީ ޖަހާދީފައިވެއެވެ.

ސިޓީކޮޅަށް ފަސް ލަނޑުޖަހާދީފައިވާ ވާޑިއަކީ އެކުޅުންތެރިއަކާމެދު ގާޑިއޯލާ ނުވިސްނައިފިނަމަ މެޗުގައި ގެއްލުންދޭނެ ކުޅުންތެރިއެއްކަމަށާއި އެހާ ފެންވަރު ވާޑީގެ ހުރިކަމަށް ރޮޖާރސް ބުންޏެވެ.

ކައުންޓާ އެޓޭކްތަކުގައި ވާޑއަކީ ހުނަރުވެރި ކުޅުންތެރިއެއްކަމަށާއި ވާޑީ ޓީމުގައި ހުރުމަކީ ލިބޭ ފައިދާއެއްކަމަށް މިހާރު ލެއިސެސްޓާއަށް ކޯޗުކޮށްދެމުން އަންނަ ރޮޖާރޒް ބުންޏެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ސިޓީއިން ތަށި ދިފާޢުކުރަން ބޭނުންނަމަ ލެއިސެސްޓާއާއި ދެކޮޅަށް މިރޭ ކުޅޭ މެޗުން ކޮންމެހެންވެސް މޮޅުވާންޖެހޭނެއެވެ. އެއް މެޗު އިތުރަށްކުޅެ ތާވަލުގެ އެއްވަނައިގެ އޮތް ލިވަޕޫލްގެ ކުރިއަށް އެރުމަށް ސިޓީ ބޭނުންވަނީ މޮޅެކެވެ.

ގާޑިއޯލާގެ ސިޓީއިން ވާޑީ ހިފެހެއްޓުމަށް މިރޭ ނިކުތްނައިރު ވާޑީ ބޯޅަ ހޯދުމަށް ކުރާ މަސައްކަތާއި، ހަރަކާތްތަކަށް އަދި ވާޑީގެ ބޯޅަ ނިންމާލުމަށް މީގެ ކުރިން ގާޑިއޯލާވަނީ ތަޢުރީފުކޮށްފައެވެ.

ސިޓީ ދަނޑުގައި މިރޭ ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއްނެރެ ލިވަޕޫލަށް ތަށި ހޯދައިދިނުމަށް އެހީތެރިވެދިނުމަކީ ކުރިން ލިވަޕޫލަށް ކޯޗުކޮށްދިން ރޮޖާރސްގެ އުންމީދެކެވެ. އިދިކޮޅު ޓީމަށް އިޙްތިރާމްކުރާކަމަށާއި މިރޭގެ މެޗު އުނދަގޫވާނެކަމަށްވެސް ރޮޖާރސް ބުންޏެވެ.

ސިޓީ ދަނޑުގައި ކުޅެވޭ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް