އަޙްމަދު ރަޝީދު - ފޮޓޯ: ފުލުހުން

ފުރަބަންދާ ޚިލާފުވި މައްސަލައެއްގެ ތަހުގީގަށް ހއ.ކެލާ މީހަކު ހޯދަނީ

ފުރަބަންދާ ޚިލާފުވި މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

އެގޮތުން ފުލުހުން ތަޙްޤީޤަށް ހާޒިރު ކުރުމަށް ހޯދަމުން ދަނީ ހއ. ކެލާ، ކުރަނގާފުށި، އަޙްމަދު ރަޝީދު (40އ) އެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެމީހާ ހޯދަމުން ދަނީ ފުރަބަންދާ ޚިލާފުވި މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށްކަމަށެވެ. އެހެން ކަމުން އަޙްމަދު ރަޝީދު، 2020 ޖުލައި 08 ވަނަ ދުވަހުގެ 11:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރު ވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ