ކާމިޔާބު ހެއްވާ މެޖާ ސީރީޒް "ބިންގް ބޭންގެ ތިއަރީ" ގައި އެންމެންގެ ލޯބި ހޯދި ކެރެކްޓަރ "ބަރނެޑެޓް" ގެ ރޯލު ކުޅުނު އެކްޓްރެސް، މެލިސާ ރައުޗް އަދި ފިރިމީހާ ވިންސްޓަން ރައުޗް އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.
މެލިސާއަށް ފިރިހެން ކުއްޖަކު ލިބުނުކަން އޭނާ ހާމަކުރީ މީގެ ދެ ދުވަސްކުރިން އިންސްޓަގްރަމްގައި ކުރި ޕޯސްޓެއްގައި، އަސަރުން ފުރިގެންވާ މެސަޖަކާއެކުއެވެ. ލޮކްޑައުންގެ މި ދުވަސްކޮޅު މެލިސާ ވިހާފައިވާއިރު، އޭނަގެ މި މެސެޖްގައި ސިއްހީ ދާއިރާގެ ފްރޮންޓް ލައިންގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކޮށް ތައުރީފްކޮށްފައިވެއެވެ.
މިއީ މެލިސާ އަދި ފިރިމީހާ ވިންސްޓަން އަށް ލިބުނު ދެވަނަ ދަރިފުޅެވެއެވެ. މި ދެމަފިރިން މި ދަރިފުޅަށް ކިޔާފައިވަނީ، ބްރޫކްސް ރައުޗްއެވެ. މީގެ ކުރިން މި ދެމަފިރިންނަށް ލިބިފައިވަނީ، 3 އަހަރުގެ އަންހެން ދަރިފުޅު ސެޑީ ރައުޗްއެވެ.
އަސަރުގަދަ މެސެޖަކާއެކު، މެލިސާ އިންސްޓަގްރަގައި މި ވާހަކަ ހިއްސާކޮށްފައިވާއިރު، މެލިސާ ބުނީ ބުނީ، އޭނަގެ ދަރިފުޅު މިދުނިޔެއަށް އުފަންކޮދިނުމަށް ހޮސްޕިޓަލުގެ ފޮރޮންޓްލައިން "ހީރޯސް" އިން ކޮށްފައިވަނީ ކުޑަ މަސައްކަތެއް ނޫންކަމަށެވެ. އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހިތްދަތި ވަގުތުގައިވެސް، ޑޮކްޓަރުންނާއި ނަރުހުން ކޮންމެ ދުވަހަކު އޭނަގެ ހާލުބަލަންއައިކަމަށެވެ.
View this post on InstagramA post shared by Melissa Rauch (@themelissarauch) on
މެލިސާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ދެވަނަ ދަރިފުޅު ބްރޫކްސް ލިބުމުން މުޅި އާއިލާ އަށް ވަރަށް ބޮޑޫ އުފަލެއް މިވަގުތު ލިބިފައިވާކަމަށްވެސް އޭނާ ބުންޏެވެ.
"ބިގް ބޭންގެ ތިއަރީ" ގެ 12 ވަނަ ސީޒަން އިން މި ޝޯ މިދިޔަ އަހަރު ނިއްމާލިއިރު، މި ޝޯއަކީ، ސިޓް-ކަމް ސީރީޒްތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ސީރީޒްއެވެ. މެލިސާ ގެ އިތުރުން، މި ސީރީޒްގައި ދެން އުޅުނު ފަސް ތަރިންނަކީވެސް އާއްމުންގެ ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އެކްޓަރުންނެވެ.