އިންޑިއާގެ މަނަވަރު ރާއްޖޭގައި

އިންޑިއާ މީހުން ބަލައި އިންޑިއާގެ މަނަވަރު ރާއްޖެ އަތުވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލައި އިންޑިއާގެ އަސްކަރީ މަނަވަރު ރާއްޖެ އަތުވެއްޖެ އެވެ.

މިއީ ރާއްޖޭގައި ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރެން ފެށުމުން މާލޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން އެގައުމަށް ދާން ބޭނުންވާ ފަރާތްތައް ގެންދިއުމަށް އައިސްފައިވާ މަނަވަރެކެވެ.

އޮޕަރޭޝަން "ސަމުޑްރާ ސެޓޫ" ގެ ނަމުގައި ކުރިޔަށް ގެންދާ މި އޮޕަރޭޝަންގައި މާދަމާ މި މަނަވަރު ރާއްޖެ އިން ފުރާނީ ރާއްޖޭގައި އުޅޭ އިންޑިއާގެ 700 މީހުންނާއި އެކުއެވެ. މި ބޯޓު މާލެއިން ދަތުރު ކުރާނީ ކޮޗިން އަށެވެ.

މީހުން ގެންދިއުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ބަލި މީހުންނާއި މާބަނޑު މީހުން އަދި އުމުރުން ދުވަސްވީ މީހުންނާއި އާއިލާގެ މީހަކު މަރުވެގެން އަދި ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް ކަމަށް އިންޑިއަން ހައިކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

މިކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އާއި ރާއްޖޭގެ ސަރުކާރުން ދެމުންގެންދާ އެއްބާރުލުމަށް އިންޑިއަން ހައި ކޮމިޝަނުން ވަނީ ޝުކުރު ދަންދަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ