ށ.ފުނަދޫ ޓަސްކްފޯސްގެ ހުއްދަނެތި ފުނަދޫއިން ފޭބި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ފުނަދޫ ޓާސްކްފޯސްގެ ހުއްދަނެތި އެރަށުންފޭބި ދެ މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ.
Two local men who left Sh.Funadhoo without the permission of Funadhoo Task Force has been arrested last night.
Please do NOT travel without the permission of the island task forces. Your cooperation is needed to control the spread of the deadly #COVID19.#COVID19Maldives
— Maldives Police (@PoliceMv) May 8, 2020
މީގެ ކުރިންވެސް ރަސްމީ އިދާރާތަކުގެ ހުއްދަ ނެތި އެއްރަށުން އަނެއްރަށަށް ދިޔަ ގިނަ ބަޔަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ޒަރޫރީ ބޭނުމެއް ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މިދިޔަ މަހުގެ 17 ވަނަ ދުވަހު މަނާކުރިފަހުން މިފަދަ ގޮތްގޮތަށް ހުއްދަ ނުހޯދާ ރައްރަށަށް ދާފަރާތްތައް ފުލުހުން ހިފަހައްޓާ މިންވަރުވަނީ އިތުރުވެގެން ގޮސްފައެވެ.



