ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

ހުޅުވަން ހުއްދަ ހޯދުމަށްފަހު ބަންދުކޮށްފައި ހުންނަ ފިހާރަތަކަށް ފިޔަވަޅު އަޅާނަން - ފުލުހުން

ހުޅުވަން ހުއްދަ ހޯދުމަށްފަހު ބަންދުކޮށްފައި ހުންނަ ދިހާރަތަކަށް ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ފިހާރަ ހުޅުވާފަ ބެހެއްޓުމަށް ހުއްދަ ހޯދުމަށްފަހު ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި، ފިހާރައިގައި މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް މީހުން ފިހާރަތަކުގައި ތިބޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ފިހާރަ ހުޅުވާފަ ބެހެއްޓުމަށް ހުއްދަ ހޯދުމަށްފަހު ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ވަނީ ފާހަގަކުރެވިފައި. މީގެ އިތުރުން، ފިހާރައިގައި މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް މީހުން ފިހާރަތަކުގައި ތިބޭކަންވެސް ވަނީ ފާހަގަ ކުރެވިފައި. ކުރިއަށް އޮތް ތަނުގައި މިގޮތަށް ޢަމަލުކުރާނަމަ ފުލުހުން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.

ލޮކްޑައުންގެ މި ދުވަސްވަރު ފިހާރަތަކުންވެސް ޚިދުމަތް ދެވެނީ ފުލުހުންގެ ހާއްޞަ ހުއްދައާއި އެކު ކަނޑައެޅޭ ވަކި އަދަދަކަށް މުވައްޒަފުންނާއެކުގައެވެ.

ގަވާއިދާ ޚިލާފުވާ ފިހާރަތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދިންއިރު، ލޮކްޑައުންގެ އަމުރާ ޚިލާފުވާ ފަރާތްތައް ކޮންމެ ދުވަހަކުވެސް ފުލުހުން ދަނީ ޖޫރިމަނާކޮށް، ހައްޔަރުވެސް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ