ހުވާގެ ޕޯސްޓަރެއް - ފޮޓޯ: ހުވާ

ފުރަބަންދުގައި އިނދެ ބަލަންވީ ނަހުލާގެ "ހުވާ"!

އެންމެ ކުރީގައި ދިވެހިންނަކީ، މުނިފޫހިފިލުވުމުގެ ގޮތުން ދިވެހި ޑްރާމާތައް ވަރަށް ފޯރިއާއެކު ބެލާއުޅުނު ބައެކެވެ. އޭރުގައި ފުލުފުލުގައި ޓީ.ވީ.އެމް އިން ފިލްމް އިންޑަސްޓްރީގެ އާއި ގުޅިގެން އެކި ޑްރާމާތައް ގެނެސްދިންއިރު، ދިވެހިންނަށް އޭރު އެންމެ ކަމުދާ ޗެނަލް އަކީވެސް އެއީއެވެ. ހަޤީގަތަކީ، އޭރު ދިވެހިންނަށް ދިވެހި ޑްރާމާތައް ބެލެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ. އެހެންނަމަވެސް، ވަކި ހިސާބަކުން ޑްރާމާ އުފައްދާ ފަރާތްތަކުން، މި ކަން ހުއްޓާލުމާއެކު، ފަހަކަށް އައިސް ދިވެހިން. ދިވެހި ޑްރާމާތަކަށް ދޭ ފޯރި އޮތީ އެއްކޮށް ކުޑަވެފައެވެ.

އެހެންނަމެސް އިހަށްދުވަހަކު ދިވެހި ނެޓްފިލްކްސް ގެ ނަމުގެ ޕްރޮމޯޓުކޮށް ލޯންޗުކުރި "ބައިސްކޯފު" އެޕަކަށްފަހު މިކަން މިއޮތީ އެއްކޮށް ބަދަލުވެފައެވެ. މި އެޕްލިކޭޝަން ލޯންޗުކުރީ، ދިވެހި ފިލްމް އިންޑަސްޓްރީގެ ރާނީ ފާތިމަތު ނަހުލާގެ މޮޅު ސީރީޒް "ހުވާ" އާއެކުއެވެ. ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ވެބް ސީރީޒްގެ ލަޤަބާއެކު، މި ސީރީޒް ބައިސްކޯފުން ދައްކަން ފެށުމާއެކު، ދިވެހި ޑްރާމާތަކަށް ލޯބި ކުރި އޯޑިއަންސް އަނެއްކާވެސް އެނބުރިއާއިއެވެ. ނަހުލާގެ "ހުވާ" ވަރަށް ގިނަ ބަޔަކަށް ކަމުގޮސް، އިސާހިތަކު މި ސީރީޒްގެ ރޭޓިންވެސް އިތުރުވީއެވެ.

ހަޤީގަތުގައިވެސް މިއީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ ވަރުގަދަ ސީރީޒްއެކެވެ. ސީރީޒްގެ އެޕިސޯޑުތައް އޮންލައިން ސްޓްރީމްކޮށް ދައްކާ ވަގުތުތަކުގައި، ބައިސްކޯފު އެޕްލިކޭޝަން ޑައުންވިކަމީވެސް މިކަމުގެ ހަޤީގަތެވެ. އަދި މިހާތަނަށް އައިއިރުވެސް، ބައިސްކޯފުން އެންމެ ގިނަ ބަޔަކު ބަލާ ސީރީޒްތަކުގެ ޗާޓުގެ ލިސްޓްގެ އެންމެ ކުރީގައި ހަމަ އޮތީ "ހުވާ" އެވެ.

ސީރީޒްގެ ކާމިޔާބު ފުރަތަމަ ސީޒަން 82 އެޕިސޯޑުން ނިއްމާލުމަށްފަހު، ސީޒަން ދެއެއް މިހާރު ދައްކަމުންދާއިރު، އަދިވެސް މި ޝޯއަށް ބެލުންތެރިންގެ ފަރާތުން ލިބޭ ތަރުހީބެއް އެއްވެސް ވަރަކަށް ކުޑަވެފައެއް ނުވެއެވެ. ހަފްތާއަކު ދެ ދުވަހު، ދެވަނަ ސީޒަންގެ އެޕިސޯޑުތައް މިހާރު ދައްކާއިރު، އެ ދުވަހަކަށް ވަގުތު ހުސްކޮށްގެން މި ސީރީޒް ބަލާ މީހުން އަދިވެސް މަދެއް ނޫނެވެ.

އެހެންނަމަވެސް، މި ޑްރާމާ ބަލަން ބޭނުންވެ ވަގުތު ނުލިބިފައި ހުރި ވަރަށް ގިނަ ބަޔަކު ހުންނާނެތާއެވެ. އެހެންކަމުން މި ފުރަބަންދުގައި ގޭގައި ހުރެ މި ސީރީޒް ބަލަން ފަށާށެވެ. އަބަދު ގޭގައި ފޫހިވެގެން އުޅޭއިރު، ޓައިމް ޕާސް ކޮށްލަން އަވަހަށް "ހުވާ" ބަލަން ފަށާށެވެ. ހަމަގައިމުވެސް މިއީ ކުރިން ބެލިފައި ހުރި ފީކަޅި ޑްރާމާ ތަކާއި ހިލާފަށް، މަޔޫސްކޮށްލާނެ ސީރީޒްއެއް ނޫނެވެ. މިހެން ބުނާއިރު، މިހާރުވެސް ގިނަ ބަޔަކަު ފުރަބަންދުގައި ހުރެ މި ސީރީޒް ބަލަން ފަށައިފިކަން ޔަޤީނެވެ.

ބައިސްކޯފަކީ، އޮންލައިން ސްޓްރީމިން ޕްލެޓްފޯމެއް ކަމުން ސީރީޒް ބަލަން ޖެހޭނީ، އެޕްލިކޭޝަން އަށް ސަބްސްކްރައިމް ކުރުމަށްފަހުއެވެ. އެހެންނަމަވެސް މިހާރު ޓީ.ވީ.އެމް އިން ބައެއް ރޭތަކުގައި ސީރީޒް ފަށައިގެން ދައްކަމުންދާ ވާހަކަވެސް ހަނދުމަކޮށްލަދެމެވެ.

މިލިޔުން ކިޔާލުމުން
2111
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އޭށް

    މި ހަބަރު ފަތުރާ ވަސީލަތްތަކުން ލޮކްޑައުންގަ ގުރުއާން ކިިޔެެވުމުގެ މޮޅުކަމާ ސަވާބުލިބޭނެލެއް ގިނަކަމުގެ ވާހަކަ މެދުކެނޑުމެއްނެތި ދައްކަން ފަށާނީ ކޮންއިރަކުންބާއޭ ހިތަށްއަރާ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ