ކުށްވެރިއެއްގެ ފައިގައި ޓެގް އަޅުވާފައި - ފޮޓޯ: އައްޑޫ ލައިވް

ހަރުކަށި ފިކުރުގެ ބައެއްގެ ފައިގައި ޓެގް އަޅުވައިފި

ދީނީގޮތުން ހަރުކަށި ފިކުރުގެ އަށް މީހެއްގެ ފައިގައި ޓެގް އެޅުވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ މިރޭ "ރާއްޖެ ޓީވީ" އަށް ހޯމް މިނިސްޓަރ ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ، ޓެގް އަޅުވާފައިވަނީ ނިރުބަވެރިކަމާއި (ޓެރަރިޒަމާއި) ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަކުން ފާހަގަވި ބައެއް ކަމަށެވެ.

ލޮކްޑައުން އަށްފަހު ހައިކޯޓު ނުހުޅުވާ ހުރުމަށްފަހު މި އަމުރުތައް ނެރެފައިވަނީ، އިއްޔެ އެ ކޯޓު ހުޅުވައި ފަނޑިޔާރުން މަސައްކަތަށް ނިކުންނަވައިގެން ކަމުގެ މަޢުލޫމާތު ލިބިފައިވީ ނަމަވެސް ފުލުހުންގެ އަމުރަށް މި އަމުރުތައް ނެރުނުކަން އެ ކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި މޮނިކޮން އަމުރު ނެރެ ނުރައްކާތެރި ކުށްވެރިންގެ ފައިފައި ޓެގް އަޅުވަން ފެއްޓެވީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ދުވަސްވަރު، އުމަރުގެ އަމުރަށެވެ. ނަމަވެސް ފަހުން ވަނީ އެ ބާރު ހައިކޯޓަށް ބަދަލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ