މަނަދޫން މާޅެންދުއަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި ހޯދައިފި

ނ. މަނަދޫން ނ. މާޅެންދުއަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފިއެވެ.

ފުލުހުން ވިދާޅުވީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ނ. މަނަދޫން ފުރައިގެން އެއަތޮޅު މާޅެންދުއަށް ދަތުރު ކުރަމުންދިޔަ ލޯންޗަކުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވާކަމަށެވެ.

އެ ތަކެތި ހޯދާފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަނަދޫން މާޅެންދުއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2020 އެޕްރީލް 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.

މަސްތުވާތަކެތި ހޯދާފައިވަނީ އެ ލޯންޗު މަނަދޫއިން ފުރައިގެން މާޅެންދުއަށް ދަތުރުކުރަމުން ދަނިކޮށް ލޯންޗު އަނބުރާ މަނަދޫ ބަނދަރަށް ގެނެސް ބަލައި ފާސްކުރިއިރު އެވެ. އެ ލޯންޗު ތެރޭގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 26 ރަބަރު ކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްޗެސް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށާއި މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ