މާލޭގައި ހުންނަ ލަގްޒަރީ ހޮޓަލެއް ކަމަށްވާ މޫކައި ސުއިޓްސްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިރޭ 9:48 ހާއިރު ރިޕޯޓްކޮށްފައިވާ މިއަލިފާނުގެ ހާދިސާ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ އެހީގައި މިހާރު ކޮންޓްރޯލްކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މިއަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭގައި ހުންނަ ލަގްޒަރީ ހޮޓަލެއް ކަމަށްވާ މޫކައި ސުއިޓްސްގެ ހަވަނަ ފަންގިފިލާގައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވާއިރު މިހާރު ކުރަމުންދާ މަސައްކަތަކީ ދުން ބޭރުކުރުމުގެ މަސައްކަތް ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.



