މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެ

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް، ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު ވިދާޅުވީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ގދ. ގައްދޫ / ކެންނާރިގެ، މުޙައްމަދު ޙާފިޘް (34އ) ހޯދުމުންދާ ކަމަށާއި، އެކަމުގައި އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

މުޙައްމަދު ޙާފިޘްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

ފުލުހުންގެ ތަޙުޤީޤަށް މީހުން ހޯދުމުގައި އާއްމު ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން ދޭތެރެ ދޭތެރެއިން އެދިލައްވާއިރު، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އާއްމު ރައްޔިތުންނަށް ފުލުހުން ޝުކުރު އަދާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ