އިންޑިއާއިން ރާއްޖެ އަށް 600 ޓަނުގެ ކޯބޯތަކެތި އަދި ބޭސް ފޯރުކޮށްދެނީ

600 ޓަނުގެ ކޯބޯތަކެއްޗާއި ބޭހުގެ ސާމާނާއި އެކު އިންޑިއާގެ މަނަވަރެއް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

"މިޝަން ސާގަރު "ގެ ނަމުގައި ފަސް ގައުމަކަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފެށި މި މަސައްކަތުގައި ރާއްޖެ އަށް މި ތަކެތި ގެނައުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އަސްކަރީ މަނަވަރު "ކޭސަރީ" ގައެވެ.

އިންޑިއާގެ މީޑިއާތަކުގައި ބުނެފައި ވަނީ އަސްކަރީ މަނަވަރުގައި ސިއްހީ ތަޖުރިބާކާރުންގެ އިތުރުން ރާއްޖެއަށް ބޭނުންވާނެ މުހިންމު ބޭސްތަށް ވެސް ހިމެނޭ ކަމަށެވެ.

ރާއްޖޭގެ އިތުރުން އިންޑިއާ އިން އެހީތެރިކަން ފޯރުކޯށްދޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މަޑަގަސްކަރަ އާއި މޮރިޝަސް އާއި ކޮމޮރޮސް އާއި ސީޝެލްސްއެވެ.

"މިޝަން ސާގަރް" ގެ އިންޑިއާ އާއި އެކުވެރި ގައުމުތަކަށް ކޮވިޑް-19 އާއި ގުޅިގެން އެހީވުމަށް ފެށި ހާއްސަ އޮޕަރޭޝަނެކެވެ. އިންޑިއާއިން މީގެ ކުރިން ވެސް ވަނީ ކޯވިޑް 19 އާއި ގުޅިގެން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ