ބައިސްކޯފްގައި މިހާރު ދައްކަމުން އަންނަ ވެބް ސީރީޒް “ހަނާ”ގެ ނިމުމަކާއި ގާތްވެފައިވާއިރު، މިހާރު ދައްކަމުން އަންނަ އެޕިސޯޑްތައް ވަރަށް އަސަރުގަދަ އެވެ. ހަމަ ރަނގަޅަށްވެސް ރޮއްވާލައިފިއެވެ.
ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް އަހްމަދު އިބްރާހީމް(އަމްޖޭ) ޑައިރެކްޓްކުރާ ވެބް ސީރީޒް “ހަނާ”ގެ ޓައިޓްލް ރޯލް ކުޅެފައިވަނީ މީގެ ކުރިން ބައެއް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެނިފައިވާ އަދި މީގެ އަހަރުތަކެއް ކުރިން މަޝްހޫރުވި ވީޑިއޯ ލަވަ “ޖާދުގަ ޖެހޭނޭ” ލަވައިން ފިލްމީ ދާއިރާ އަށް ތައާރަފުވި ބަތަލާ މަރިޔަމް ނޫރާއެވެ.
ތިނެސްކަން ލޯބީގެ ޑްރާމާ ފެނިގެންދާނެ މި ސީރީޒްގެ އިތުރު ތަރިންނަކީ، އަލީ އާޒިމް(ދޮން އައްޔަ)، އިބްރާހިމް އަމްޖަދް(ޖިމީ)، އަދި ޒީނަތު އައްބާސްއެވެ. އަދި މީގެ އިތުރުންވެސް މި ދާއިރާއަށް އަލަށް ތައާރަފްވާ ތަރިންވެސް ފެނިގެންގޮސްފައިވެއެވެ.
ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ބައިސްކޯފުން ދައްކަމުން އަންނަ މި ސީރީޒްގެ ޖުމްލަ 13 އެޕިސޯޑު ހިމެނޭ އިރު ދެން އޮންނާނީ އެންމެ ފަހު އެޕިސޯޑެވެ. މި ސީރީޒް އަކީ، ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ކިޑް ޕްރޮޑަކްޝަނުން އުފައްދާފައިވާ ސީރީޒްއެކެވެ. އަދި ސީރީޒްގެ ވާހަކަ ލިޔެފައި ވަނީ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ގެ އަންހެނުން އައިމިނަތު ރިޒާނާ އެވެ.
ބައިސްކޯފުން އަންނަނީ، ފިލްމީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ބެލުންތެރިންނާއި ހިސާބަށް ގެނެސްދެމުންނެވެ. އަދި ބެލުންތެރިންގެ މެދުގައި ކާމިޔާބު ސީރީޒްތަކެއް މިހާރުވެސް ބައިސްކޯފުން އަންނަނީ ދައްކަމުންނެވެ.





ހިޔާލު
zeenath eh noolhey meega eh