ރާއްޖޭގެ ޑިޖިޓަލް އާޓިސްޓެއްކަމުގައިވާ ޝިމާގް ކުރުހާފައިވާ ކުރެހުމެއް، ހުއްދަ ނެތި އެމެރިކާގެ ލަވަކިޔުންތެރިއެއްކަމުގައިވާ “އާރޮން ޗާލްސް ކާޓާ” ބޭނުންކުރި މައްސަލައާއި ގުޅިގެން، އެރަން ކާޓާގެ މައްޗަށް ދައުވާކުރުމަށް އެމެރިކާގެ ކޯޓަކަށް ހުށަހަޅައިފިއެވެ.
މި މައްސައާއި ގުޅިގެން އެރޮން އާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް، މި މައްސަލަ ކޯޓަށް ހުށައަޅާނެކަމަށް ޝިމްހާގް ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް އޭގެ ފަހުން މިކަމާއި ގުޅޭ އެއްވެސް ޙަބަރެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް، ޝިމްހާގް އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އެރޮން އާއި ދެކޮޅަށް ކުރާ ދައުވާ އެމެރިކާގެ ވައްދާ، މި މައްސަލަ ރަސްމީކޮށް ކޯޓުގައި ފައިލް ކޮށްފައިވާކަމަށެވެ.
ޝިމްހާގު އެ މައްސަލަ އެމެރިކާގެ ކޯޓަކަށް ހުށައަޅާފައިވަނީ، ނިއު ޔޯކްގެ ލޯ ފާމްއެއް ކަމަށްވާ ލީބޮވިޓްސް ލޯ ފާމް އާއި ދިވެހި ވަކީލުން ކަމަށްވާ ހަމްޒާ ހަލީލާއި އައިޝަތު ޝައިފާ އާ ގުޅިގެންކަމަށްވެސް އެނާގެ މި ޓްވީޓްގައި ހާމަކޮށްފައިވެއެވެ.
މި ޓްވީޓާއެކު، މި ކޭސްގެ ޕްރެސް ސްޓޭޓްމެންޓްގެ ފޮޓޯއެއްވެސް ލައިފައިވާއިރު، ޝިމްހާގް ބުނީ، އާޓިސްޓުން ކުރާ ބުރަ މަސައްކަތުގެ ނަހަމަ ބޭނުން އެހެން ފަރާތަކުން ކުރާނަމަ ފިޔަވަޅު އެޅުމަށް އެއްވެސް މީހަކު ފަސްޖެހިގެން ނުވާނެކެމަށެވެ. މީގެ އިިތުރުން، މި މައްސަލައާއި ދެކޮޅަށް އަޑު އުފުލާދިން ދިވެހިންނަށް އޭނާ ޝުކުރުވެސް އަދާކޮށްފައިވެއެވެ.
My case against Aaron Carter has been officially filed in the US and my legal team @liebowitzlaw @HamzaKhalyl @ShaiShahid will be pursuing action against him. No artist should have to back down if their work is being misused by someone else. (1/2) pic.twitter.com/4s0Zj6AwFU
— Shimhaq (@shimhaq) May 10, 2020
ޝިމާގްއަކީ، އޭނަގެ ކުރެހުންތައް އާއްމުކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި އާއްމުންނަށް ދޫކޮށްލާ ކުރެހުންތެރިއެކެވެ. އެގޮތުން އާއްމުކޮށް ޖަނަވާރާއި މަސްމަހާމެހީގެ ކުރެހުންތައް ޑިގިޓަލްކޮށް ކުރުހާ މި ފޮޓޯތައް ފޭސްބުކް، އިންސްޓަގްރަމް އަދި ޓްވީޓާގައިވެސް އޭބާ ހިއްސާކުރެއެވެ. އެގޮތުން ޝިމާގް ކުރަހާފައިވާ ސިންގާއެއްގެ ކުރެހުމެއް އެމެރިކާގެ ލަވަކިޔުންތެރިޔާ އާރޮން ކާޓާ ހުއްދަނެތި ބޭނުންކުރާކަމުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުއެވެ.
މި ކުރެހުން ޝިމާގް ކުރަހާފައިވަނީ 2014 ވަނަ އަހަރުއެވެ. އަދި މި ކުރެހުމުގެ ފޮޓޯ އޭނަގެ އޮފިޝަލް އިންސްޓަގްރަމް އެކައުންޓްގައި ހިއްސާކޮށްފައިވާ ތާރީހަކީ 10 މެއި 2014 ވަނަ އަހަރުއެވެ. ނަމަވެސް މިދިޔަ އަހަރު، އާރޮން ކާޓާ ވަނީ ހަމަ މި ފޮޓޯ އޭނަގެ އިންސްޓަގްރަމްގެ އެކައުންޓްގައި ޕޯސްޓްކޮށް އެއީ އޭނަގެ އަމިއްލަ ފޮޓޯއެއްކަމަށް ބުނެފައެވެ.
ޝިމާގް އަމިއްލަ ކުރެހުމެއް އާރޮން ހުއްދަނެތި ބޭނުންކުރަމުންދާކަން ފަޅާއެރުމާއެކު، ޝިމާގް ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. މިކަމާއި ގުޅޭގޮތުން ކުރި ޓްވީޓެއްގައި ޝިމާގް ބުނީ، މިއީ އޭނަ 2014 ވަނަ އަހަރުކުރެހި ކުރުހުމެއްކަމަށާއި، އެއަށް ބަދަލުގެނައުމުގެ އެއްވެސް ހައްގެއް އެހެން މީހަކަށް ނޯންނާނެ ކަމަށެވެ.