ރައީސް ސޯލިހް ހޯމްމިނިސްޓަރ އިމްރާން އާއި ސަލާމްކުރައްވަނީ / ފޮޓޯ:މިހާރު

ސީޕީ ހަމީދުގެ މައްސަލަ ބެއްލެވުމަށް އެދި ރައީސް ސޯލިހް އަށް ސިޓީފުޅެއް

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު އާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯ ތަކާއި ގުޅޭގޮތުން، އެމައްސަލަ ބައްލަވައިދެއްވުމަށް އެދި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަށް ސިޓީފުޅެއް ފޮނުވައިފިއެވެ.

ކޯލިޝަން ހިންގުމާއި ހަވާލުވެ ހުރި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ސޮއިކުރައްވާ ފޮނުއްވެވި މިސިޓީގައި ބުނެފައިވަނީ ބަނގުރާ ހުރިތަނެއްގައި ބަނގުރަލާއެކު ދިވެހިންގެ ބަޔަކު މަޖާ ނަގަމުން ގެންދާ ފޮޓޯ ތަކެއް ދާދީ ފަހުން ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން ގޮސްފައި ކަމަށާއި އަދި އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވެސް އެތަނުގައި ހުންނަވާ އެކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އެޅުއްވުމެއް ނެތި އެކަން ކުރަމުން ގެންދާ ބަޔަކަށް ހިތްވަރު ދެއްވަމުން ގެންދަވާކަން ދޭހަވާ ކަމަށެވެ.

އަދި  ހަމައެއާއެކު ޤާނޫނު ނެގެހެއްޓުމުގެ އެންމެ އިސް ޒިންމާ ޙަވާލުވެފައިވާ އެއްފަރާތް ކަމުގައިވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެފަދަ ތަނެއްގައި އެކަމަށް އެއްވެސް ފިޔަވަޅެއް އެޅުއްވުމެއް ނެތި އެފަރާތްތަކާއި ބައިވެރިވެ އުފާފާޅުކުރައްވަމުން ގެންދެވުމަކީ، ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުންކަމަށާއި، އެ މުއައްސަސާއަށް ދިވެހި ރައްޔިތުން ކުރަމުން ގެންދާ އިތުބާރު ނަގާލުންކަމުގައި ޤަބޫލުކުރަައްވާ ކަމަށްވެސް އެސީޓީގައި ބުނެފައި ވެއެވެ.

މިސިޓީ ނިންމަވާ ލައްވަމުން އިދިކޮޅުން ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމުގައި މުޙައްމަދު ޙަމީދު ހުންނަވައިގެން ފުލުހެއްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރެއްވުމުގައި ފަސްޖެހިވަޑައިގެން، ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާފައިވާތީ އެމައްސަލަ މިނިވަންކަމާއެކު ތަޙުޤީޤު ކުރައްވާ ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި ރައީސް އަރިހުގައި ދަންނަވާ ކަމަށެވެ.

ސީޕީ ހަމީދު އާއި ވައްތަރު ބޭފުޅަކު އަންހެނުންތަކަކާއެކު ޕާޓީ ކުރާ މަންޒަރުގެ ވީޑިއޯ ރޭ މެންދަމުވަނީ ލީކް ކޮށްލާފައެވެ. މި ވީޑިއޯ ލީކް ކޮއްލާފައިވަނީ “އެނޮނިމަސް އެމްވީ” ގެ ނަމުގައި ހިންގަމުންދާ ޓްވިޓަރ އެކައުންޓަކުންނެވެ.

“އެނޮނިމަސް އެމްވީ” އިން ރޭ މެންދަމު ވީޑިއޯ ލީކްކޮށް، ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަނީ ސީޕީ ހަމީދު އާއި އެމަނިކުފާނުގެ އަންބިކަނބަލުން ކަމަށެވެ.

“ކޮވިޑް-19 ގެ މި ދަނޑިވަޅު، ކޮމިޝަނަރު މުޙައްމަދު ހަމީދު އަދި އަނބިކަނބަލުން ނަޒީހާ އަހްމަދު މަސްތުގެ ހާލަތުގައި ނަށަނީ. ހާއްސަ ފެނިލުމެއްގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު (އޮގަރު އައްޔަ).” އެނޮނިމަސްގެ ޓްވީޓްގައި ބުނެފައިވެއެވެ.

ސީޕީ ހަމީދުއާއި ވައްތަރު ބޭފުޅަކު މަސްތުވެ ޕާޓީކުރަމުންދިޔަ ތަނެއްގައި އުޅުއްވާ ވީޑިއޯ ރޭ ލީކް ކޮށްލުމުގެ ކުރިން، އެ ޓްވިޓަރ އެކައުންޓުން މިމަހުގެ 9 ވަނަ ދުވަހު ވަނީ މިކަމާ ގުޅޭ ފޮޓޯތައް އާއްމުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ