ސްޓޮކްގައި ހުރީ 20،000 އެން95 މާސްކް: މަބްރޫކް

ސްޓޮކްގައި ހުރި އެން95 މާސްކުގެ އަދަދަކީ 20،000 ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެން95 ސްޓޮކްގައި ދަތިކަމެއް އުޅޭތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، މިވަގުތު ސްޓޮކްގައި ހުރި އެން95 މާސްކުގެ އަދަދަކީ 20،000 ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓޮކްގައި ހުރި އެން95 މާސްކުގެ އަދަދަކީ 20،000 ސްޓޮކް އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާނެ" މަބްރޫކް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުތަކަށް ބޭނުންވާ މާސްކް ފޯރުކޮށްދިނުމުގައި މައްސަލައެއް ނޫޅޭ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން އެން95 މާސްކަކީ އެންމެން ބޭނުންކުރާ މާސްކެއް ނޫންކަން ފާހަގަ ކުރައްވަމުން މަބްރޫކް ވިދާޅުވީ އެން95 މާސްކް ބޭނުންފުޅު ކުރައްވާނީ ވަކި ބޭފުޅުން ވަކިހާލަތްތަކެއްގައި ކަމަށެވެ.

އެން95 މާސްކަކީ އެހެން މާސްކުތަކާއި އަޅާބަލާއިރު ލިބޭ ހިމާޔަތްތެރިކަން މާބޮޑު މާސްކެކެވެ. މިގޮތުން ކޮވިޑް-19 ފަތުރާ ކުޅުތިކިފަދަ ތެތްކަމެއް އެކުލެވޭ ވަރަށް ކުދި ތިކިތައްވެސް މީހާގެ ނޭވާލާނިސާމުގެ ތެރެއަށް ނުގޮސް މިމާސްކުން ސަލާމަތް ކޮށްދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ