މާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ކުޑަކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
ފުލުހުން ގެއްލިގެން ހޯދަމުންދަނީ އުމުރުން 13 އަހަރުގެ މއ.ފުނަ، ޢާއިޝަތު އީނާޝް ނަޞީރުއެވެ.

ގެއްލިގެން ހޯދަމުންދާ ކ.މާލެ/ މއ.ފުނަ، ޢާއިޝަތު އީނާޝް ނަޞީރު- ފޮޓޯ: ޕޮލިސް
ފުލުހުން ވިދާޅުވީ، ޢާއިޝަތު އީނާޝް ނަޞީރު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދިލައްވާ ކަމަށެވެ.
މާލެއިން ކުއްޖަކު ގެއްލިގެން ހޯދަމުންދާއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހުޅުމާލެއިންވެސް 14 އަހަރުގެ އަންހެން ކުއްޖަލު ގެއްލިގެން ފުލުހުން ހޯދާފައިވެއެވެ.