އާދަމް ޝަރީފް އުމަރު - ފޮޓޯ: މަޖިލިސް

ޤުރުއާން މާއްދާ އުނިކޮށްފައި ވާކަމަށް އާދަމް ޝަރީފު ވިދާޅުވުމުން އިހްސާން ރައްދު ދެއްވައިފި

ކޮވިޑް-19 އާއި ގުޅިގެން ކިޔަވައިދޭނެ މާއްދާތައް ކަނޑައެޅިއިރު ޤުރުއާން ނުހިމަނާކަމަށް ކުރީގެ ޑީފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވުމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހްސާން ރައްދު ދެއްވައިފިއެވެ.

އިހްސާން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ސްކޫލްތައް ބަންދުކުރި ކަމުގައިވިޔަސް، ކުރިޔަށް ގެންދާ ކިޔަވައިދިނުމުގެ ހަރަކާތްތަކުގެ ތެރެއިން ކީރިތި ޤުރުއާން އުނިކޮށްފައި ނުވާނެ ކަމަށެވެ.

އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކާރިޝާގެ ވަގުތުތަކުގައި ކިޔަވައިދޭނެ މާއްދާތައް ކަނޑައެޅިއިރު ޤުރުއާން ނުހިމެނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އިހްސާން ވަނީ މިފަދަ ދަނޑިވަޅެއްގައި މިފަދަ ހަޤީގަތާއި ހިލާފު ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ބައެއް ސްކޫލް ތަކުން އާންމުކޮށްފައިވާ ތާވަލުގައި ސްކޫލް ތަކުގައި ކުރިންވެސް ޤުރުއާން ކިޔަވައިދިން އުސޫލުން ޤުރުއާން މާއްދާވެސް ވަނީ ހިމަނާފައެވެ.

ކަންކަން އެނގިހުރެ ރައްޔިތުންގެ މެދުގައި މަސްލަޙަތު ގެއްލޭ ފަދަ މެސެޖު ނުފެތުރުއްވުމަށް ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމް ވެސް ވަނީ ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ