ކްލޮޕަށްވެސް ރޮނާލްޑޯއަށްވުރެ މެސީ ކަމުދޭ!

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށްވުރެ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކަމުދާކަމަށް ލިވަޕޫލްގެ ކޯވު ޔާގެން ކްލޮޕް ބުނެފިއެވެ.

ޔޫޓިއުބް ޗެނަލްއަކަށް ދިން އިންޓަރިވިއެއްގައި މިދެކުޅުންތެރިންގެ ތެރެއިން މެސީ ކްލޮޕް ނެގިނަމަވެސް، ރޮނާލްޑޯއަށްވެސް ވަރަށް ތަޢުރީފުކޮށް ވާހަކަ ދައްކާފައިވެއެވެ.

ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިންގެ ގޮތުގައި ފާހަގަކުރެވޭ މެސީ އަދި ރޮނާލްޑޯގެ ބަހުސްގައި ގިނަބަޔަކު އެތައް ވާހަކައެއް ދައްކާފައިވެއެވެ. އެއްބަޔަކަށް މެސީ ކަމުދާއިރު، އަނެއް ބަޔަކަށް ކަމުދަނީ ރޮނާލްޑޯއެވެ. އެދެކުޅުންތެރިންނަކީ ތަފާތު ދެސްޓައިލަކަށް ދެމަޤާމަކަށް ކުޅޭ ދެކުޅުންތެރިން ކަމުގައި ވީނަމަވެސް، އެދެކުޅުންތެރިންނަށް ލިބިފައިވާ ހުނަރުން އެދެކުޅުންތެރިންގެ ޖާދޫގައި އެތަށްބަޔަކުވަނީ ޖެހިފައެވެ.

"އެދެކުންގެ ތެރެއިން އަހަރެން ނަގާނީ މެސީ." ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ އޭނާގެ ޓީމު އެދެކުޅުންތެރިންނާއި ދެކޮޅަށްވެސް ކުޅެފައިވާކަމަށާއި، އެދެކުޅުންތެރިންވެސް ހިފެހެއްޓުމަކީ އުދަނގޫކަމެއްކަމަށެވެ. އަދި ރަނގަޅު ކުޅުންތެރިއްގައި ރޮނާލްޑޯގެ ދިގުމިން ހުންނަން ޖެހޭއިރު، އޭނާ ފަދައިން ފުމެ، ދުވެވެން ޖެހޭކަމަށާއި، ފުޓްބޯޅައަށް ރޮނާލްޑޯ ކުރާ މަސައްކަތާއި މިކުޅިވަރާމެދު އޭނާ ދެކޭގޮތަށް ބަލާއިރު، ހުރިހާ ގޮތަކަށް ރޮނާލްޑޯ ފުރިހަމަކަމަށް ކްލޮޕް ބުންޏެވެ.

އަދި ދެންހުރީ މެސީ ކަމަށާއި އޭނާ ކުޑައެއްކަމުގެ ހުރިހާ ކަމެއްވެސް ވަރަށް ފަޞޭހަކަމެއްގެ ގޮތުގައި އޭނާ ދައްކައިދޭކަމަށާއި، އެގޮތުން ކުޅުންތެރިއެއްގެ ގޮތުގައި މެސީ ބޮޑަށް ކަމުދަނީކަމަށްވެސް ކްލޮޕް ބުންޏެވެ.

ހަމަ އެގޮތަށް ރޮނާލްޑޯއަކީ ވެސް މޮޅު ކުޅުންތެރިއެއްކަމަށާއި އެދެކުޅުންތެރިންގެ ތެރެއިން ވަކި ކުޅުންތެރިއެއްނަގަން އުނދަގޫކަމަށްވެސް އޭނާ ބުންޏެވެ. މީގެއިތުރުން ކްލޮޕް ބުނީ، ފުޓްބޯޅައިގެ ދުނިޔޭގައި ފަނޑުވުމެއްނެތި މިހާދުވަސް ވަންދެން އެދެކުޅުންތެރިން ހުންނަނީ ދެކުޅުންތެރިންނަށްވެސް ލިބިފައިވާ މޮޅު ހުނަރުގެ ސަބަބުންކަމަށެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ