ވިއްސާރަ ރެއެއްގެ މަންޒަރެއް - ފޮޓޯ: ފެށުން

ސަމާލުވޭ: މޫސުން ގޯސްވެ ދެކުނަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ.

ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓު ނެރެފައިވަނީ ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާ ގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް މެޓްް އޮފީހުން ވަނީ ލަފާކޮށްފައިވެއެވެ. މިސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވަނީ މިރޭ 19:00 އިން ހަވީރު 23:30 އާއި ހަމައަށެވެ.

ރާއްޖެ އަށް މިދުވަސް ކޮޅު ވިއްސާރަ ވުމުން އެކި އަތޮޅުތަކަށް މޫސުމާއި ބެހޭ އިދާރާއިން ދަނީ ވައިޓް އެލާޓް ނެރެމުންނެވެ.

އެޕްރީލް 23 ވަނަ ދުވަހު މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ 46 ގެޔަކަށް ފެންވަދެ ވަނީ އެކިވަރުގެ ގެއްލުންތައްވެސް ވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ