ބައެއް ގަޑިތަކުގައި ސިނަމާލެ ބުރިޖު ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.
ފުލުހުން ދެންމެ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބައެއް ގަޑިތަކުގައި ސިނަމާލެ ބުރިޖު ބޭނުން ކުރުން މަނާ ވާނެ ކަމަށެވެ.
ރޭގަނޑު ދަންވަރު 01:00 އިން ފެށިގެން ހެނދުނު 09:00 ޖެހުމާއި ހަމަޔަށް ސިނަމާލެ ބްރިޖަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާއި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ތަކަށް ބްރިޖު ބޭނުން ކުރެވޭނެއެވެ.
ފުލުހުން ވިދާޅުވީ 2 ހަފްތާ ވަންދެން މިގަޑި ތަކުގައި ސިނަމާލެ ބްރިޖަށް އަރާ ފޭބުން މަނާވާނެ ކަމަށެވެ.
In the wider effort to control the possible surge of #COVID19Maldives spread,we will implement new control measures on Sinamale Bridge for a period of 2 weeks.Entry to it will be restricted for the public 1-9AM daily.Only essential public services & Security Services are exempted
— Maldives Police (@PoliceMv) May 14, 2020
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތުވެސް ރޭގައި ވަނީ އިތުރު 14 ދުވަހަށް އިތުރު ކޮށްފައެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުންވެސް މަނާކޮށްފައިވާއިރު މިއަދުގެ އަސުރު ނަމާދަށް އެ މުއްދަތު ހަމަވާނެ އެވެ.



