ކާފިއުގެ ވަގުތުގައި ކުޅުދުއްފުށީ ސިޓީ | ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން  ކުޅުދުއްފުށީގައި މެންދުރު ފަހު 3:30 އިން ހެނދުނު 6:00 އަށް ހިންގާފައިވާ ކާފިއުގެ މުއްދަތު 23 މެއި 2020 ގެ ރޭގަނޑު 12:00 އާއި ހަމައަށް އިތުރުކުރަން ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ނިންމާފައި ވާކަމަށެވެ.

ކާފިއު އިޢުލާންކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށާއި ކާފިއު ވަގުތު ތަކުގައި އެއްވެސް ވިޔަފާރިއެއް އާންމުންނަށް ހުޅުވައިގެން ޚިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފައެވެ.

ކާފިއު ނޫން ގަޑިތަކުގައި ވިޔަފާރިތަކުން އާންމުންނަށް ޚިދުމަތް ދިނުމަށް އިޖްތިމާއި ގައިދުރުކަން ކަށަވަރު ކުރެވޭ ފަދަ ގޮތަކަށް ރޭވުމަށާއި މި ނޫން ގޮތަކަށް އާންމުންނަށް ޙިދުމަތް ދިނުމަކީ މަނާކަމެއް ކަމަށްވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

މި އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔާއާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އެ ކައުންސިލަށް ލިބިފައިވާކަމަށް އެބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.

މި ނިންމުމަކީ ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އެ ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ