މާބަނޑުމީހާ ފޮނުވާލަން މަސައްކަތްކުރިން، ހަަމަޖެހުނުއިރު "ވަގުތު ފާއިތުވެއްޖެ" - ޞިއްހީމަރުކަޒު

އެކަށީގެންވާ ޞިއްޙީ ފަރުވާ ނުދެވި ބަނޑަށް ދަރިފުޅު މަރުވުމުގެ ކުރިން ބަލިމީހާ ހޮސްޕިޓަލަށް ފޮނުވާލުމަށް މަސައްކަތް ކުރިކަމަށް ތޮއްޑޫ ޞިއްހީމަރުކަޒުން ވިދާޅުވެއްޖެއެވެ.

އއ. ތޮއްޑޫ ޞިއްޙީމަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ޝިފާޒަށް މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، މާބަނޑުމީހާ ޞިއްހީމަރުކަޒަށް ގެނެވުނީންސުރެވެސް އިތުރު ފަރުވާއަށް ހޮސްޕިޓަލަކަށް ފޮނުވާލުމަށް މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް ބަނޑަށް ދަރިފުޅު މަރުވީ އިތުރު ފަރުވާއަށް ހޮސްޕިޓަލަކަށް ގެންދެވޭގޮތް ނުވެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަލީމީހާ ފޮނުވާލަން ކަމަށާއި، ނަމަވެސް އެ ހޮސްޕިޓަލުން އަންގާފައިވަނީ އެ ކޭސް އެ ހޮސްޕިޓަލްގައި ހޭންޑްލް ނުކުރެވޭނެ ކަމަށް ކަމަށެވެ. އެހެންކަމުން ދެން މަސައްކަތްކުރެއްވީ ބަލިމީހާ މާލެ ފޮނުވާލަން ކަމަށާއި، ނަމަވެސް މާލެ ފޮނުވުމުގެ ހުއްދަ ލިބުނުއިރު "ވަގުތު ފާއިތުވެއްޖެ" ކަމަށް ޞިއްހީމަރުކަޒު ހިންގުމާ ހަވާލުވެހުންނެވި ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ، މި ކޭސް ހެލްތު މިނިސްޓްރީން އިތުރަށް ބަލަމުންދާތީވެ، އެކަމުގެ ތަފްސީލު މަޢުލޫމާތު އެ މިނިސްޓްރީއާއި ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
233
ގުޅުންހުރި ލިޔުންތައް

6 Responses

  1. Mamma

    Meege 8 aharu kurin maabadu anehen ward ga vihey vaahaka akee vs mashooru habareh.
    Miadhekey meege 8 aharu kuri ekey thafaatheh nei thaa

  2. ޒަކީ

    ހޮސްޕިޓަލު ގެ މައްސަލަ މީގަ އެބަ އޮތް. މިފަދަ ހާލަތެއް ގައި އެއްމެ ފަހު ވަގުތަން މަޑު ނުކޮއް ފަރުވާ ދެވޭ ފަދަ ތަނަކަން ގެންދަން މަސައްކަތް ކުރަން ޖެހޭނެ. ސަރުކާރުން ހިލޭ މިފަދަ ދަތުރު ކޮއް ދިނަސް ވަގުތުން ވަގުތަށް ކަނޑު ދަތުރު ހަމަ ޖެއްސުމަކީ ވާނެ ކަމެއް ނޫން

    2
    5
  3. Health center

    Hospitalun othee maa kurinves bunefa olhuvaa nulahvaa shifaaz

    1
    1
    • Ma

      Thee thithanuge haalathu hunnagoiy. Sarukaarun fonuvaa echevihyaa ehen sihhee hidhumaiy dheythanakan nudhee hifahattaafa. Mifadha kameh vihyaa bolun katuvaalagen thibeybaeh thi noony nuthibeyne.
      Konme kamehves kuran jeheny hospital medhuverikoh. Ekamu mifadha kamehga hospital medhuveri akah nuvaan v sababakee kobaa.

    • Ma

      Atholhu hospital thakuge dhashuga othumakee sihhee marukazu thakun rangalhu hidhumathe dhinumah oiy emme bodu huras. Ministry aa marukaz thakaa dhemedhu onna emme boduhuras. Mifadha huraheh othumun mikan halleh nuvaane.. marukazthakah direct ministry aa contact kuran jeheyne.

  4. އިބްރާ

    އިތުރަށް ބޭނުންވާ ތަފްސީލެއް ނެތް. ގޮ* ބޮ** އޮތް ސަރުކާރެއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ