ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މަޖީދީމަގުން ދެން ދުއްވޭނީ އެއްކޮޅަށް!

މާދަމާއިން ފެށިގެން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މަޖީދީމަގުން ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑީގައި ދެން ދުއްވޭނީ ހުޅަނގުން އިރަށް އެއްކޮޅަށް ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން ކަނޑައަޅައިފިއެވެ.

މިގޮތަށް ފުލުހުން ކަނޑައެޅިކަން ހާމަކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައެވެ. މި ޓުވީޓުގައި ބުނެފައިވަނީ، މަޖީދީމަގު ޓުރަފިކް ބާރު ބޮޑުވާތީ މާދަމާއިން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 08:00 އިން 14:00 އަށް މަޖީދީމަގު ހުޅަނގުން އިރަށް ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ވަންވޭ ކުރާނެ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މަޖީދީ މަހުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވަނީ މުދާ އުފުލާ ގަޑިތަކާއި، ސްކޫލް ނިމޭ ގަޑިއާ ދިމާވެ، މާޖީދީމަގުގެ ޓްރެފިކް ބޮޑުވާތީ ކަމަށެވެ.

ރަމަޟާން މަހާއި ދިމާކޮށް މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ޓުރަފިކް ގަވާއިދުތަކަށް ފުލުހުން މީގެ ކުރިންވެސް ބަދަލުތައް ގެނެސްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް