‏ފުލުހުން މެދުވެރިކޮށް ދޫކުރަމުންދިޔަ ވިޔަފާރި ހުއްދަ ދޫކުރުން ހުއްޓާލައިފި

‏ފުލުހުން މެދުވެރިކޮށް ދޫކުރަމުންދިޔަ ވިޔަފާރި ހުއްދަ ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކުރި އިއުލާނެއްގައި ބުނީ، ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޟަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން، 28 މެއި 2020ގެ ނިޔަލަށް، ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް، މި މުއްދަތުގެ ތެރޭގައި މާލެ ޕޯޓުގައި، މުދާ ކްލިއަރކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑްއިން ކަނޑައަޅާ ފަރާތްތަކަށް ހުއްދަ ދޫކުރެވޭނެ ކަމަށްވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ބުންޏެވެ.

ކޮވިޑް-19 އާ ގުޅުގެން ސަރުކާރުން އިިއުލާން ކޮށްފައިވާ ފުރަބަންދު މިހާރު ވަނީ އިތުރަށް ހަރުކަށި ކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ގޭބިސީއަކުން ބާޒާރަށް ދެވޭނީ ހަފްތާއަކު އެއް ފަހަރު ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ