އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މިރޭ 19:00 އިން 22:00 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އާއްމު ގޮތެއްގައި ވައި ޖެހޭނީ 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެލާޓްގައި ބުނެފައިވެއެވެ.
Yellow Alert for heavy rain, thunderstorm and Average strong winds with gusts pic.twitter.com/8m4KNZsTD4
— Maldives Meteorology (@MetMaldives) May 15, 2020
މެޓް އޮފީހުން ވަނީ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރުމުގެ އިތުރުން މ. އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާޓްވެސް ނެރެފައެވެ.
މިރޭ 18:30 އިން 23:30 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ އެސަރަހައްދުގައި ޢާއްމުގޮތެއްގައި ވައި ޖެހުމުންދާނީ 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.




