ކޯބެ ބްރަޔަންޓް މަރުވި ހާދިސާގައި ހެލިކޮޕްޓަރ ދުއްވަން ހުރި ޕައިލެޓްގެ އޯޓޯޕްސީ ރިޕޯރޓް ލިބިއްޖެ

ހެލިކޮޕްޓަރު ވެއްޓި އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ލެޖެންޑް ކޯބެ ބްރަޔަންޓް މަރުވި ހާދިސާގައި އެ ހެލިކޮޕްޓަރ ދުއްވަން ހުރި ޕައިލެޓް ކަމަށްވާ 50 އަހަރުގެ އަރާ ޒޮބަޔާން ގެ އޯޓޯޕްސީ ރިޕޯރޓް ލިބިއްޖެއެވެ.

މި ރިޕޯރޓްގައި ވާ ގޮތުން އެއްވެސް ކަހަލަ އަލްކަހޯލް އެއް ނުވަތަ ޑްރަގް އަކަށްވެސް ހެލިކޮޕްޓަރ ދުއްވަން ހުރި ޕައިލެޓް ޕޮސިޓިވްވެފައެއް ނުވެއެވެ. އަދި މިހާދިސާގައި މަރުވި9 މީހުން މަރުވެފައިވަނީ ހެލިކޮޕްޓަރު ވެއްޓުނު ކުއްލި އެކްސިޑެންޓުގެ ސަބަބުން ކަމަށްވެސް އޯޓޯޕްސީ ރިޕޯޓްތައް ބުނެއެވެ.

އޮރެންޖް ކައުންޓީ އިން ކޯބެ ގެ އަމިއްލަ ހެލިކޮޕްޓަރުގައި ފެށި މިދަތުރުގައި ދިޔަ ހުރިހާ އެންމެން މަރުވެފައި ވާކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. 26 ޖެނުއަރީގައި ހިނގި މި ހާދިސާގައި ކޯބެ ބްރަޔަންޓްގެ އިތުރުން އަންހެން ދަރިފުޅު ޖިއާނާ އާއި އޭނާގެ 2 ޓިމްމޭޓުންގެ އިތުރުން ކޯޗް ވެސް ވަނީ މަރުވެފައެވެ.

އަރާ ޒޮބަޔާންއަކީ މި ހާދިސާގެެ ކުރިންވެސް ބްރަޔަންޓްގެ ހެލިކޮޕްޓަރ ދުއްވާ ތަޖުރިބާހުރި މޮޅު ޕައިލެޓެކެވެ.

41 އަހަރުގެ ކޯބެ ވަނީ އޭނާގެ 20 އަހަރުގެ އެންބީއޭ ކެރިއަރުގައި ލޮސް އެންޖެލެސް ލޭކާސް އަށް 5 ފަހަރު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދީފައެވެ. އަދި އޭނާގެ އަންހެން ދަރިފުޅު ޖިއާނާއަކީވެސް އަރަމުން އަންނަ ބާސްކެޓް ބޯޅަ ކުޅުންތެރިއެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ